ސްޓެލްކޯއިން މިއަދު ބުނީ، ހެނދުނު 11:35 އެއްހާއިރު މާލެއިން ކަރަންޓު ކެނޑުނީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. މި މައްސަލައިގެ ސަބަބުން އިންޖީނުތައް ނިވިގެން ދިޔައެވެ.
ކަރަންޓު ކެނޑުމާ ގުޅިގެން ސްޓެލްކޯގެ ޓެކްނިކަލް ޓީމުތަކުން ވަނީ އަވަސް ފިޔަވาޅުތަކެއް އަޅާފައެވެ. އެގޮތުން ގާތްގަނޑަކަށް ބައިގަޑިއިރުގެ ތެރޭގައި އިންޖީނުތައް އަލުން ހިންގައި، މުޅި މާލެއަށް ކަރަންޓު ދޭން ފެށިއެވެ.
ސްޓެލްކޯއިން އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވިނަމަވެސް، މިހާރު ވަނީ މައްސަލަ މުޅިން ހައްލުކޮށް، ކަރަންޓުގެ ހިދުމަތް އާންމު ގޮތަށް ދޭން ފަށާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;