ads
މީހަކު ނަމާދު ކުރަނީ----
ރޯދަމަސް ފެށެން ތިންދުވަސް، ދޫވި ރޯދަތައް ހިފައިފިންތަ؟
މި އަހަރުގެ ރޯދަ މަސް އަންނަ ހުކުރު ދުވަހު ބައްދަލުކުރާއިރު ފާއިތުވި ރޯދަ މަހު ނުހިފިހުރި ރޯދަތައް ހިފުން މުހިންމެ އެވެ. އެހެންކަމުން ލަސްނުކޮށް ރޯދަތައް ހިފަން އަވަސް ވެގަންނާށެވެ.

އަހަރަކު އެއްފަހަރު މުސްލިމުންނާ ބައްދަލުކުރާ ބަރަކާތްތެރި ރަމަޟާން މަސް އަންނަ ހުކުރު ދުވަހު މުސްލިމުންނާ ބައްދަލުކުރާއިރު ފާއިތުވި އަހަރު ނުހިފިހުރި ރޯދަތައް ހިފާ ކޮންމެހެން ވެސް ހަމަކުރަންޖެހެ އެވެ. ނަމަވެސް ދުނިޔަވީ ކަންކަމުގައި ގިނަ މީހުން ބިޒީވެ ކުރިއަށް އޮތް ރޯދަ މަހާ ކުރިމަތިލާއިރުވެސް ބައެއް މީހުންނަށް އެ ރޯދަތައް ހިފުން ވަނީ ބޮޑު ކަމަށެވެ.

ކޮންމެއަކަސް މިއަހަރުގެ ރޯދަ މަސް އަންނަ ހުކުރު ދުވަހު ބައްދަލުކުރާއިރު އެކި ކަންކަމުގައި ބިޒީވެ ފަރުވާ ކުޑަކުރަމުން ކުރީ ރޯދަ މަހު ދޫވި ރޯދަތައް ނުހިފި ހުރެ އެވެ. އެހެންކަމުން މި ހިއްސާކޮށްލަނީ ކުރީ ރޯދަ މަހު އުޒުރުވެރިވެ ރޯދަ ދޫކޮށްލި މީހެއްގެ ވާހަކަ އެވެ.

އޭނާ ބުނީ އެންމެ ރޯދައެއް ނުހިފިގެން މިއުޅޭނީ އޮފީހާއި ދިރިއުޅުމުގެ ކަންކަމުގައި ބިޒީވީމަ ކަމަށެވެ. އެހެންކަމުން މިއަހަރުގެ ރޯދަ މަސް ބައްދަލުކުރަން ތިން ދުވަހަށް ވެފައިވާއިރު ވެސް އަދި މިއުޅެނީ އެކަން ނުކުރެވިގެން ކަމަށެވެ.

އެކަމާ ގުޅިގެން ކޮންމެ ދުވަހަކުވެސް މަންމަ ގުޅާ ރޯދަ ހިފައިފިންތޯ ސުވާލުކޮށް އެކަންކުރުމަށް ނަސޭހަތްތެރިވެ އެވެ. އަދި ގެއަށް ވަނުމުން އަންހެނުން ވެސް ރޯދަ ހިފާނީ ކޮން އިރަކުންތޯ ސުވާލުކޮށް އެކަން ކުރުމަށް އެދެ އެވެ.

އެންމެ ރޯދައެއް ނުހިފިގެން މިއުޅޭނީ ހަމަ ބިޒީވެގެންބާއޭ ހިތަށް އަރާކަމަށް އޭނާ ބުންޏެވެ. އެއީ އަންހެނުން ރޯދަމުގެ އެއް ދިހަ ބަލިކަމުން ދޫކޮށްލަންޖެހުނު ނަމަވެސް އެ ދިހަ ރޯދަ ހިފައިފި އެވެ. އަހަރެންގެ އަންހެނުން ވަކި ބިޒީކަމާ ވަރުބަލިކަންވާ ވަރު ކުޑައެކޭ ނުބުނެވޭނެ އެވެ. އެގޮތުން އޭނާ ޝިފްޓް ޑިއުޓީ އެއް އަދާކުރަމުން ދަރީގެ ކަންކަމާ އަހަރެންގެ ކަންކަންކޮށްދީ އޭނާ ވެސް އެކަން ކުރީ އެވެ. އެހެން ކަމަށްވާއިރު ރޯދަ އަންނަން ތިން ދުވަހަށްވެފައިވާއިރު އަހަރެންނަށް އެންމެ ރޯދަ އެއް ނުހިފެންވީ ސަބަބެއް ނޭނގުނެ އެވެ.

ހަމަ ބިޒީކަމުން ހެއްޔެވެ؟ އެހެން ކަންކަމަށް ވަގުތުދޭއިރު ދީނީ އަޅުކަމަކަށް ވަގުތު ހޭދަ ނުކުރެވިގެން މިއުޅެނީ ކީއްވެ ހެއްޔެވެ.

ކޮންމެއަކަސް މި ވާހަކައިން އިބްރަތް ހާސިލްކޮށް ރޯދަމަހު ނުހިފި ހުރި ރޯދަތައް ހިފަން އަވަސްވެ ގަންނާށެވެ. އިސްލާމަކަށްވީއިރު ދީނީ އަޅުކަމަށް ނުދެވުނު ވަގުތެއް އެހެންކަމަކަށް ހުސްކޮށް ދެވުމަކީ ހިތާމަކުރަންޖެހޭ ކަމެކެވެ.

 ވަގުތު ފާއިތުނުވަނީސް އިމާންތެރިކަން ވަރުގަދަކޮށް ރޯދަތައް ހިފުން މުހިންމެ އެވެ. މާދަމާއަށް ކަންކަން ކުރަން ލަސްނުކޮށް ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. މާދަމާއަކީ އެންމެ ކަންނެތް މީހުންނަށް އަންނަ ދުވަހެއްކަން ގަބޫލުކޮށް ދީނީ އަޅުކަން ކުރުމުގައި ދެމި ހުންނާށެވެ. ތިމާ އެންމެ ފަހު ނޭވާލާނީ ކޮން ވަގުތެއްކަން ނޭނގޭ ހިނދު ދުނިޔެވީ ކަންކަމަށް ހުސްވެގެން ހުރުމަކީ މޮޔަކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް