ads
ފެހުރިހި ބަލަން ގޮސް އުޅޭ ޑައިވަރެއް
ސަމްޕާއަށް ދާ އުޅަނދުތަކުގެ ބުރަފަތި ގާޑު އެޅުވުން މަޖުބޫރުކޮށްފި
އދ. އަތޮޅުގެ ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދަށް ދާ އުޅަނދުތަކުގެ ބުރަފަތީގައި ސަލާމަތީ ގާޑު އެޅުން މަޖުބޫރުކޮށްފިއެވެ.
Advertisement

ސަމްޕާ އަކީ އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރު ކަނުން ފެށިގެން އެ އަތޮޅު ދިގުރަށުގެ އުތުރު ކަނާ ދެމެދު ހުރި ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯމީޓަރުގެ ސަރަހައްދެކެވެ. މި ސަރަހައްދަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ފެހުރިހި ދިރިއުޅޭ ހިސާބަށްވުމުން އެ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ތަނެއްގެ ގޮތުގައި ކަނޑައެޅީ 2009 ގައެވެ. 

މި ސަރަހައްދަށް ސައުތުއަރި މެރިން ޕްރޮޓެކްޝަން އޭރިއާ (ސަމްޕާ)ގެ ނަން ރަސްމީކޮށް ދިނުމަށްފަހު އެ ސަރަހައްދު މެނޭޖްކުރާނެ ގޮތުގެ ޕްލޭނެއް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ވަނީ އާއްމުކޮށްފައެވެ. 

މިނިސްޓްރީން މިއަދު އާއްމުކުރި ޕްލޭނަށް އަމްލަކުރަން ފަށާނީ މިއަދުން ފެށިގެން 3 މަސްދަވަހުގެ ތެރޭގައެވެ. މި ޕްލޭންގައި ވާގޮތުން ފެހުރިހި ބެލުމަށް އެ ސަރަހައްދަށް ދާ ކޮންމެ އުޅަނދެއްގެ ބުރަފަތީގައި ގާޑެއް އަޅުން ވަން ޖެހޭނެއެވެ. އަދި ފެހުރިއްސެއް ފެނިއްޖެނަމަ، އެ ބަލަން މޫދަށް މީހުންނަށް ފޭބޭނީ އެންމެ ކައިރީގައި އޮންނަ ހަތަރު އުޅަނދުންކަމަށްވެސް މި ޕްލޭންގައި ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން ފެހުރިހި ބަލަން މޫދުގައި އެއްފަހަރާ އެންމެ ގިނައިން ތިބެވޭނީ 60 މީހުންނަށްކަމަށްވެސް ވަނީ ކަނޑައަޅާފައެވެ. 

ޕްލޭނުގެ ތަންފީޒީ ބާރު ލިބެނީ އެންވަޔަރަމަންޓް މިނިސްޓްރީއަށެވެ. އަދި، އެ ޕްލޭން ކުރިއަށް ގެންދިއުމުގައި ލަފާދޭނެ ކޮމިޓީއެއް ވެސް އެކުވަލާލަން ޖެހެއެވެ.

މި ޕްލޭން ތަންފީޒުކުރުމަށް އެކުލަވާލަން ޖެހޭ ކޮމިޓީގައި ތިބެނީ އެންވަޔަރަންމަންޓް މިނިސްޓްރީއާ، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާ، ޑިފެންސް މިނިސްޓްރީއާ ފިޝަރީޒް މިނިސްޓްރީއާ ފުލުހުންގެ އިތުރުން އދ. އަތޮޅު ކައުންސިލާއި އެ ސަރަހައްދުގައި ހިމެނޭ ރަށްރަށުގެ ކައުންސިލްތަކާއި  ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއި ޖަމިއްޔާތަކުން ތަމްސީލު ކުރާ ބައެކެވެ. 

މި ޕްލޭނުގެ ދަށުން ސަރަހައްދު ހިމާޔަތްކޮށް އުސޫލުތަކަށް މީހުން ބޯލަނބާ މިންވަރު ބެލުމަށް ހާއްސަ ބަޔަކު ތަމްރީނުކޮށް އެ ސަރަހައްދު މޮނީޓާ ކުރުމަށްވެސް މިނިސްޓްރީގެ މައްޗަށް ވަނީ ލާޒިމުކޮށްފައެވެ.

މިނިސްޓްރީން މި ޕްލޭން ނެރުމާއި އެކު އީޕީއޭއިން ވަނީ ސަމްޕާއަށް ދާ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމަށް ވެސް ތިން މަސް ދީ އެކަން އާއްމުކޮށް އިއުލާންކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް