ads
ހުސްކުރަން ފުލުހުން އެނގި ބިން
ގާޒީ ސްކޫލް ކުރިމަތީ އޮތް ބިން ހުސްކުރަން ފުލުހުން އަންގައިފި
ހުޅުމާލޭ ގާޒީ ސްކޫލް ކުރިމަތީ އޮތް ބިން މާދަމާގެ ކުރިން ހުސްކުރަން ދިވެހި ފުލުހުންގެ ހިދުމަތުން އަންގައިފިއެވެ.
Advertisement

ފުލުހުން ބުނީ ގާޒީ ސްކޫލް ކުރިމަތިން އޮތް ބިން މާދަމާގެ ކުރިން ކުރިން ހުސްކުރަން ބޭނުންވާކަމަށެވެ. އެހެންކަމުން، ސަރަހައްދުގައި ޕާކުކޮށްފައިވާ އެންމެހައި އުޅަނދާއި ބަހައްޓާފައިވާ އެހެނިހެން ތަކެތި ނެންގެވުމަށް ފުލުހުން ވަނީ އަންގާފައެވެ. 

ފުލުހުން އެކްސްގައި ކުރި ޕޯސްޓްގައި ބުނީ މާދަމާގެ ނިޔަލަށް އެ ސަރަހައްދުގައި ހުރި އުޅަނދުތަކާއި އެހެން ތަކެތި ނުނަގައިފިނަމަ އެ ތަކެތި އެހެން ސަރަހައްދުތަކަށް ބަދަލުކުރާނެކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ޖެހޭ ހާލަތްތަކުގައި އެކަންވެސް ކުރާނެކަމަށް ފުލުހުން ބުނެއެވެ. 

ގާޒީ ސްކޫލް ކުރިމަތިން އޮތް ބިން މާދަމާގެ ނިޔަލަށް ހުސްކުރަން އެނގިނަމަވެސް އެ ބިން ހުސްކުރަނީ ކީއްކުރަން ކަމެއް ފުލުހުންނެއް ނުބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް