ads
ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ބޮޑުވަޒީރު މޯޑީއާ ބައްދަލުކުރެއްވުން
އިންޑިއާއިން ދިވެހިރާއްޖެއަށް ދޭ އެހީ 28 ޕަސަންޓު އިތުރުކޮށްފި
އިންޑިއާ ސަރުކާރުން 2025 ވަނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެހީ 28 ޕަސަންޓު އިތުރުކޮށްފިއެވެ.
Advertisement

މިއީ ކުރީ އަހަރާ އަޅާބަލާއިރު 130 ކްރޯރް ރުޕީޒްޒްގެ އިތުރުވުމެކެވެ.

އިންޑިއާގެ ފައިނޭންސް މިނިސްޓަރު ނިރްމަލާ ސިތަރާމަން ހުށަހެޅުއްވި ބަޖެޓުގައި ދިވެހިރާއްޖެއަށް 600 ކްރޯރު ރުޕީޒް ކަނޑައަޅާފައިވާއިރު، މި ފައިސާ ބޭނުންކުރާނީ އިންފްރާސްޓްރަކްޗާ، ތައުލީމު، ސިއްހީ އަދި ދެމެހެއްޓެނިވި ހަކަތައިގެ މަޝްރޫއުތަކަށެވެ.

ފާއިތުވި އަހަރު ދެ ގައުމުގެ ދެމެދުގައި ބައެއް ހިޔާލު ތަފާތުވުންތައް ހުރި ނަމަވެސް، މި ބަޖެޓު އިތުރުކުރުމަކީ އިންޑިއާއިން ދިވެހިރާއްޖެއާއެކު ގުޅުން ވަރުގަދަ ކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމުގައި ސިޔާސީ މާހިރުން ދެކެއެވެ.

އިންޑިއާގެ "ނެއިބާހުޑް ފަސްޓް" ސިޔާސަތުގެ ދަށުން މި އެހީ އިތުރުކުރުމަކީ އިންޑިއާ ކަނޑު ސަރަހައްދުގައި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށްވެސް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. މި އެހީއާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި ރަސްމީ އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް