ads
ސްޓެލްކޯ
ރޯދަ މަހަށް ތައްޔާރުވުމަށް ރާއްޖޭގެ ކަރަންޓުގެ ނިޒާމު ހަރުދަނާ ކުރަނީ
ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ކަރަންޓުގެ ނިޒާމު ވަރުގަދަކުރުމަށް ސްޓެލްކޯ އާއި ފެނަކައިން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް ދެ ކުންފުނިން ވެސް ބުނެފިއެވެ.
Advertisement

ދެ ކުންފުނިންވެސް އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ޓެލްކޯއިން 13 ޖެނެރޭޓަރު ސެޓު ގެނައުމަށް ނިންމާފައިވާއިރު، އޭގެ ތެރެއިން ބައެއް ޖެނެރޭޓަރު ސެޓުތައް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.

ސްޓެލްކޯއިން މާލެ ސަރަހައްދަށް އަލަށް ގެންނަ ޖެނެރޭޓަރު ސެޓުތަކާއެކު ކަރަންޓު އުފައްދާ މިންވަރު 20 މެގަވޮޓަށް އިތުރުކުރެވޭނެއެވެ. މިއާއެކު ރޯދަ މަހު ޑިމާންޑާ އެއްވަރަށް އެއްވެސް މައްސަލައެއް ނެތި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ފެނަކައިން ވަނީ 46 ރަށެއްގައި ޓެކްނިކަލް އިވެލުއޭޝަނެއް ހަދައި، އެ ރަށްރަށުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން 39 ޖެނެރޭޓަރު ސެޓު ހޯދުމަށް އިއުލާން ކޮށްފައިވެއެވެ.

މިއަހަރުގެ ރޯދަ މަސް ދިމާވަނީ އާންމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަވާ މާޗު މަހާއެވެ. އެހެންކަމުން މި ދުވަސްވަރު ގޭބިސީތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ލަފާކުރެވޭތީ، ސަރުކާރުން ވަނީ ރޯދަ މަހުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ މައްސަލަ ހައްލުކުރާނެކަމުގެ ޔަގީންކަން ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް