މިއަދު ބޭއްވުނު "އުފާވެރި ރާއްޖެ" އިފްތިތާހީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ ތަރިކައާއި ފަންނުގެ މުހިންމުކަން ވަރަށް ބޮޑު ކަމަށެވެ.
އިންސާނުންގެ އުފާވެރިކަމަށް މަގުފަހިވާ ކަންތައްތަކުގެ ތެރޭގައި މާލީ ފުދުންތެރިކަމާއި، ނަފްސާނީ ހަމަޖެހުމާއި، ރޫހާނީ މުއްސަނދިކަން ހިމެނޭ ކަމަށް ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ. އަދި ހަގީގީ އުފާވެރިކަމުގެ އަސާސަކީ އީމާންތެރިކަމުގެ ނޫރުން އަލިވެފައިވާ ހިތް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ދިވެހިންގެ އުފާވެރިކަމުގެ މިންގަނޑު އެކުލަވާލުމުގެ ދިރާސާ ކުރިއަށް ގެންދާނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން ކަމަށް އެ ޔުނިވަރސިޓީން ބުނެފައިވެއެވެ. މި ދިރާސާގައި މުޖުތަމައުގެ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހޯދާނެ ކަމަށް އައިޔޫއެމްއިން ބުނެފައިވެއެވެ.