ads
ޕީޖީގެ އަމުރަށް ގޯއްޗާއި ފްލެޓްތަކާ ގުޅޭ އަވަސް ތަހުގީގެއް އޭސީސީ އިން ފެށުން
އޭސީސީގެ މުވައްޒަފުންނަށް ދިވެހިބަހުގެ ކޯހެއް ފަށައިފި
ދިވެހިބަހުގެ އެކެޑަމީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ދިވެހިބަހުގެ ކޯހެއް އިއްޔެ ފަށައިފިއެވެ. މި ކޯސް ކުރިއަށްދާނީ ބުދަ ދުވަހުގެ ނިޔަލަށެވެ.
Advertisement

މި ކޯހުގެ މައިގަނޑު މަގުސަދަކީ ދިވެހިބަހުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުން ބަހައްޓާނެގޮތާއި، އަދަބު އިހުތިރާމާއެކީ މުއާމަލާތު ކުރަންޖެހޭ ގޮތްތައް މުވައްޒަފުންނަށް އޮޅުންފިލުވައިދިނުމެވެ.

ހަތަރު ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ކޯހުގައި ދިވެހިބަހުން ރީތިކޮށް ވާހަކަދައްކާނެގޮތާއި، ލަފުޒު ވަކިކޮށްގެން ލިޔުމުގެ ގަވާއިދާއި، ސާފު ރިވެތި ބަހުން އިބާރާތްކުރާނެ ގޮތް ކިޔައިދެވޭނެއެވެ. މީގެ އިތުރުން، ދިވެހިބަހުގެ ގަވާއިދާ އެއްގޮތަށް ސުކުންކުރާނެ ގޮތާއި، ތާނައިގައި ތިކިޖަހައިގެން ލިޔާނޭ އުސޫލު ވެސް ކިޔައިދޭނެއެވެ.

ދިވެހިބަހުގެ އެކެޑަމީން ހިންގާ މި ކޯހުގައި ކިޔަވައިދެއްވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދެ ދާރިސުންކަމުގައިވާކަމުގައިވާއ އަޒީޒާ ޢަފީފާއި ޢަބްދުﷲ ޖަމީލެވެ.

ދިވެހިބަހުގެ އެކެޑަމީން ސަރުކާރު މުވައްޒަފުންނާއި އެހެނިހެން އޮފީސްތަކުގެ މުވައްޒަފުންނަށް ދިވެހިބަހުގެ ގަވާއިދާއި އުސޫލުތައް ކިޔައިދިނުމުގެ ބޭނުމުގައި އެކިއެކި ސެޝަންތައް އަންނަނީ ހިންގަމުންނެވެ. އޭސީސީގެ މުވައްޒަފުންނަށް މިފަދަ ކޯހެއް ހިންގުމަކީ މުވައްޒަފުންގެ ދިވެހިބަހުގެ ހުނަރުތައް އިތުރަށް ތަރައްގީކޮށް، އެ މުއައްސަސާގެ މަސައްކަތުގެ ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް