ads
ވެލާނާގެ:
ދެ މިނިސްޓްރީއެއްގެ ޕާމަނަންޓު ސެކެރެޓަރީންގެ މަގާމު ގެއްލިއްޖެ
ޓޫރިޒަމް މިނިސްޓްރީ އަދި އެންވަޔަރަންމަންޓް މިނިސްޓްރީ އެއްކޮށްލުމާ ގުޅިގެން އެ ދެ މިނިސްޓްރީގައި މަސައްކަތްކުރި ޕާމަނަންޓް ސެކްރެޓަރީންގެ މަގާމު ގެއްލިއްޖެއެވެ.
Advertisement

މިގޮތުން ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ފާތިމަތު ޝައުފާ އަދި އެންވަޔަރަންމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަޖުވަދު މުސްތަފާ ވަނީ މަގާމުން ވަކިވެފައެވެ. ޝައުފާ އަކީ މިއަހަރުގެ ޖަނަވަރީ މަހު އެ މަގާމަށް އައްޔަންކުރެވުނު ފަރާތެވެ. އަދި އަޖުވަދަކީ އެންމެ ދިގު މުއްދަތަކަށް ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ފަރާތްތަކުގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ އިސް މުވައްޒަފެއް ބުނީ ޝައުފާ ވަކިކުރެވުނީ މިނިސްޓްރީގެ މެންޑޭޓަށް އައި ބަދަލާ ގުޅިގެން، މިނިސްޓަރު ތާރިގު އިބްރާހިމް އަށް އާ ޕާމަނަންޓް ސެކްރެޓަރީއަކު އައްޔަންކުރުމަށް ބޭނުންފުޅުވާތީ ކަމަށެވެ. އަދި ޝައުފާ މަގާމުން ވަކިކުރުމުގެ ކުރިން އިސްތިއުފާ ދެއްވުމުގެ ފުރުސަތު ދެވުނު ކަމަށްވެސް އެ މުވައްޒަފު ބުނެފައިވެއެވެ.

މިހާރު ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ ނަމުގައި އުފެދުނު އާ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީއަކު ހޯދުމަށް ވަނީ އިއުލާން ކުރެވިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް