ads
ފުލުހުން މީހަކު ހައްޔަރުކުރަނީ
ބިދޭސީންގެ ބޮޑު މާރާމާރީއެއް ހިންގައިފި، ވީޑިއޯއިން ފެނނިގެން ދިޔައީ ހުސް ލޭ
ބިދޭސީންގެ ތަކެއްގެ މެދުގައި މާރާމާރީއެއް ހިންގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

ފުލުހުން ބުނީ މަރާމާރީއެއް ހިނގާފައިވާމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 12:10 ހާއިރުކަމަށެވެ. އެގޮތުން މާރާމާރީ ހިންގީ މާވެޔޮމަގުގައި ހުންނަ ކެފޭއެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މާރާމާރީ ހިންގާފައިވަނީ ބިދޭސީން ތަކެއްގެ މެދުގައި ކަމަށްވާއިރު އަނިޔާވި ބިދޭސީ މީހާއަށް މިވަގު ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލަަށް ގެންގޮސް ފަރުވާދެމުން ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށް އެފަރާތުން ބުނެއެވެ.

ސޯޝަލް މީޑިއގައި އާންމުވި ވީޑިއޯއިން މީހަކު ވަޅިއެއް ހިފައިން ހުންނަތަން ފެނެއެވެ، އަދި ތަޅުންގަނޑުގައި 2 މީހަކު އޮތް އިރު ތަޅުންގަނޑު މަތިން ފެނިގަންދީ ހުސް ލޭ ހޭކިފައި ހުރި މަންޒަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް