ads
ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީ ހުޅުވުން
ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީ ހުޅުވައިފި
ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް ހާއްސަކޮށްގެން ތަރައްގީކުރި އާ ނާދީއެއް މިއަދު ހުޅުވައިފިއެވެ.
Advertisement

މި ނާދީ ހުޅުވައިދެއްވީ އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒް މަންސޫރެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 8 ގައި ގާއިމުކޮށްފައިވާ މި ނާދީގައި އިސްރަށްވެހިންނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހިމަނާފައިވެއެވެ. މީގެ ތެރޭގައި ހެލްތު ސްކްރީނިންގް ހެދޭނެ އިންތިޒާމާއި، އަވަސް ފަރުވާދޭ ކޮޓަރިއާއި، ނަމާދު ކޮޓަރިއާއި އަދި ބަދިގެ ހިމެނެއެވެ.

ނާދީގައި އިސްރަށްވެހިންނަށް އެއްވެ، ހިތްހަމަޖެހިލައި އަރާމުކޮށްލެވޭނެ ސަރަހައްދުތަކާއި، ފޮތް ކިޔުމަށް ހާއްސަކޮށްފައިވާ ޖާގަތައްވެސް ހުންނާނެއެވެ. މި ނާދީއަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހައިން ވަދެނިކުމެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ.

އެޗްޑީސީގެ ސީއެސްއާރުގެ ދަށުން ތަރައްގީކޮށްފައިވާ މި ނާދީ ހިންގުމާ ހަވާލުވެފައިވަނީ ޖެންޑާ މިނިސްޓްރީންނެވެ. ނާދީ ހުޅުވިފައި ހުންނާނީ ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ހަވީރު 6:00 އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް