މާވެޔޮ މަގުގައި ހުންނަ ކެފޭ ތާސީރުގައި މިއަދު މެންދުރު 12:10 ހާއިރު ހިނގި މި މާރާމާރީގައި އަނިޔާވި ދެމީހުންނަކީ އެތަނުގައި މަސައްކަތްކުރާ ނޭޕާލް އަދި ބަންގްލަދޭޝްގެ ދެ މުވައްޒަފުންނެވެ. ފުލުހުން ބުނީ މާރާމާރީ ހިނގާފައިވަނީ ނޭޕާލްގެ ޝެފަކާއި ބަންގްލަދޭޝްގެ މުވައްޒަފަކާ ދެމެދުގައި ކަމަށެވެ.
ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު ބުނީ މާރާމާރީގައި އަނިޔާވެގެން ގެނެވުނު ދެމީހުންގެ ތެރެއިން ބަންގްލަދޭޝްގެ މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އަދި އޭނާ މިވަގުތު އައިސީޔޫގައި ވެންޓިލޭޓަރުގައި ބަހައްޓައިގެން ފަރުވާދެމުންދާއިރު، އަނެއް މީހާ މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފައި ކަމަށް އެ އޮފިޝަލު ބުނެފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށެވެ. އިއްޔެ ރޭ މާލޭގައި މިފަދަ އިތުރު ތިން މާރާމާރީ ހިނގާފައިވާއިރު، އެ މާރާމާރީތަކުގައި ވެސް މީހުންނަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.