![](https://cnm.mv/media/images/gagaagagaaa.jpg)
އެމަނިކިފާނު މިހެން ވިދާޅުވީ މިއަހަރަށް އިއްވި ރިޔާސީ ބަޔާނުގައެވެ.
ރައީސް މުިއެއްޒު ވިދާޅުވީ އެންޓިކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާ ގޮތަށް ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ ސައްހަކަން ބެލުން އެއީ މި ސަރުކާރަށް ކުރިމެތިވެފައިވާ ހައްސާސީ މައްސަލެއެއްކަމަށެވެ. އެހެންނަމަވެސް އެ މަސައްކަތް ނިންމާ މި މަހުގެ ތެރޭގައި ލިސްޓް ނެރުއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުިއއްޒު ވިދާޅުވީ ލިސްޓް އިއުލާންކުރުމަށްފަހު ފްލެޓް ނިމެމުންދާ ވަރަކަށް ފްލެޓް ލިބޭ ފަރާތްތަކަށް އެތަން ތަން ހަވާލުކުރަމުން ގެންދާނެކަމަށެވެ. އަދި މިއަހަރު ސެޕްޓެމްބަރުގެ ކުރިން ހުރިހާ ފްލެޓް ހަވާލުކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
4000 ފްލެޓަށް ލީ ފޯމުތައް އިވެލުއޭޓް ކުރަމުން އަންނައިރު ފޯމުލީ އެންމެންގެ ފޯމުތައް އަލުން ބަލުން ބެލުމުގެ ބަދަލުގައި އަލުން އިވެލުއޭޓްކުރާނީ ގެޒެޓުކޮށްފައިވާ ފައިނަލް ލިސްޓުގައިވާ މީހުން އެކަނިކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފައެވެ.