ads
ގާސިމް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ
ހުރިހާ ހަޑިކަމެއް ފަށާ ބަޔަކީ އެމްޑީޕީ، ދެން އޮންނަ އިންތިހާބަށް ކެތްކުރޭ: ގާސިމް
ސިޔާސީ ގޮތުން ހުރިހާ ހަޑި މުޑުދާރުކަމެއް ފަށަނީ އިދިކޮޅު އެމްޑީޕީންކަމަށް ބުނެ އެޕާޓީއަށް ބަހުގެ ހަމަލާތަކެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ިއބްރާހިމް ދެއްވައިފިއެވެ.
Advertisement

މިއަހަރަށް މަޖިލިސް ހުޅުވުމާއި ރިޔާސީ ބަޔާން އިއްވި ޖަލްސާއަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ގާސިމް ވަނީ ގައުމުގެ މަސްލަހަތު ނަގާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރާކަމަށް ތުހުމަތުކުރައްވާފައެވެ. 

އެގޮތުން ރާއްޖެއިން ދައްކަންޖެހޭ ލޯނުތަކާއި އެހެނިހެން ކަންކަމަށް ފައިސާ ހޯދަންޖެހޭއިރު ގައުމުގެ މަސްލަހަތު ނަގާލުމުން ބޭރުގެ ފަރާތްތަކުން ރާއްޖެއަށް އެހީ ނުލިބޭނެކަަން ފާހަގަކުރައްވާ އިދިކޮޅު އެމްޑީޕީގެ ބޭނުމަކީވެސް އެއީކަމަށްް ގާސިމް ވަނީ ތުހުމަތުކުރައްވާފައެވެ. ގާސިމް ވިދާޅުވީ ހިޔާނާތުގެ މައްސަލަތަކުގައި ކޮންމެ ބޭފުޅަކަށް ވިޔަސް ކެރިވަޑައިގެން ރައީސް މުއިއްޒު ފިޔަވަޅު އަޅުއްވަމުން ގެންދަވާކަމަށެވެ. އެހެންކަމުން މަގުމައްޗަށް ނުކުމެ ހަލަބޮލިކޮށް  ނުލާ ކަންކަން ރަނގަޅުކުރަން ރައީސްއަށް ފުރުސަތު ދެއްވަންޖެހޭނެކަމަށް ގާސިމް ވިދާޅުވިއެވެ.

" 2026 ވަނަ އަހަރު އޯވާ 1.2 ބިލިއަން ޑޮލަރު ދައްކަން ޖެހުނީމާ ކޮންތާކުންތީ ދައްކަނީ. ކޮންތާކުންތީ އެ ފައިސާ ހޯދަނީ. މިތަނުގެ ސްޓެބިލިޓީ ގެއްލިގެން ދިޔަވަރަކަށް އެ ދައްކާބެ ބަޔަކު ދޭނެ ބަޔަކުވެސް ނޫޅޭނެ. އެއްޗެއް ދަރަންޏަށް ދޭނެ ބަޔަކުވެސް ނޫޅޭނެ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ ދެން އޮންނަ އިންތިހާބާއި ހަމައަށް ކެތްރެިކަމާއި އެކު މަޑުކުރުން އިދިކޮޅު ފަރާތްތަކަށް ގޮވާލާފައެވެ. އަދި މިއަދު ރައްޔިތުން މަޖިލީހުގައި ރިޔާސީ ބަޔޔާން ިއއްވުމާއި ދިމާކޮށް އެމްޑީޕީން ކުރިޔަށް ގެންދިޔަ އިހްތިޖާޖަށްވެސް ގާސިމް ވަނީ ފާޑު ވިދާޅުވެފައެވެ.

" މިއަދު ރައްޔިތުން މަޖިލީހުގައި މިދިޔަ ރިޔާސީ ބަޔާން އިއްވުމުގައިވެސް، ކޮންމެ ފަހަރަކުވެސް މި ހަޑިހުތުރު އަމަލު އެބަ ހިނގާ މިތާގައި. ފްލޯގައި. ކޮންމެ ސަރުކާރެއް އޮންނަ ކޮންމެ ބޭފުޅަކު ވެރިކަމަށް އައީމަވެސް ހަމަ އެ ހަޅޭލަވާ. އެކަންވެސް ފެށީ ކޮން ބައެއް އެމްޑީޕީ. ކޮންމެ ކަމެއްވެސް މި ފަށަނީ އެމްޑީޕީ. ހަޑިމުޑުދާރުވެގެން ވީކަމެއް ވިއްޔާ އެމްޑީޕީން ނޫން ބަޔަކު ނުފަށާ." އެމްޑީޕީއަށް ފާދު ވިދާޅުވެ ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ އެމްއެމްޕީއާރުސީގެ މައްްސަލާގައިވެސް ރައީސް ޔާމީނަށްވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން ޕީޕީއެމްގެ ބައެއް މެމްބަރުންނަށް އެ ފައިސާ ލިބުނު ިއރު އެއީ ކޮން ފައިސާއެއްކަން ނޭގުނު ނަމަވެސް ރައީސް ޔާމީންއަށް ލިބުނީ އެ ފައިސާކަން އެމަނިކުފާނު ވިދާޅުވިކަމަށް ގާސިމް ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލަތައް ބަލާ ފިޔަވަޅު އަޅަންޖެހޭކަަމަށްވެސް ގާސިމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް