ads
ހުޅުމާލޭގައި ބެހެއްޓި ދެވަނަ ފެން ޕްލާންޓް ފޮޓޯ: އެމްޑަބްލިއުއެސްސީ
މިއަހަރުތެރޭ މާލޭ ސަރަހައްދުން ފެން އުފެއްދޭ މިންވަރު 25 އިންސައްތަ އިތުރުކުރަނީ
މިއަަރުތެރޭ މާލޭ ސަރަހައްދުން ފެން އުފެއްދޭ މިންވަރު 25 އިންސައްތަ އިތުރުކުރާނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ މިއަހަރުގެ ރައްޔިތުންގެ މަޖިލިީހުގެ ފުރުތަމަ ދައުރު ހުޅުވާދެއްވާ ، މަޖިލީހުގައި އިއްވި ރިޔާސީ ބަޔާނުގައެވެ.

މާލޭ ސަރަހައްދުގެ ފެނުގެ ހިދުމަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން މި އަހަރުގެ ތެރޭގައި މާލެއާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަސައްކަތް ނިންމާލެވޭނެކަމް ރައީސް ވިދާޅުވިއެވެ. އަދި އެއާއެކު  މާލެ ސަރަހައްދަށް ފެން ފޯރުކޮށްދިނުމަށް ސިނަމާލެ ބްރިޖްމަތީގައި އަޅާފައިވާ ހޮޅި ބޭނުންކުރަން ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"އަދި މާލެ ސަރަހައްދުގައި ފެން އުފެއްދޭ މިންވަރު މި އަހަރު ތެރޭގައި 25% އިތުރު ކުރެވޭނެ، ހަމައެއާއެކު މާލޭ ސަރަހައްދުގައި ފެން ރައްކާ ކުރުމުގެ ގާބިލުކަން މިއަހަރުގެ ތެރޭގައި %30 އިތުރު ކުރެވޭނެ" ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ދައުލަތުގެ މީޑިއާއަށް ވާހަކަދައްކަމުން އެމްޑަބްލއުއެސްސީގެ މެނޭޖިން ޑިރެކްޓަރު މަތީން މުހައްމަދު މިދިޔަ ޖެނުއަރީ މަހު ވިދާޅުވެފައިވަނީ މާލޭ ސަރަހައްދުގައި ގާއިމްކޮށްފައި ހުރި ފެން ޕްލާންޓްތަކުން މިހާރު ދުވާލެއްގެ މައްޗަށް އުފެއްދެނީ 20،000 ޓަނުގެ ފެން ކަމަށެވެ. އަދި  މިވަގުތު މިސަރަހައްދުން ދުވާލަކަށް އިތުރު 11،000 ޓަނުން މަތީގެ އަދަދަކަށް ފެން ބޭނުންވާކަމަށް މަތީން ފާހަގކުރެއްވިއެވެ.

އާ ފެން ޕްލާންޓްތައް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ފާހަގަކުރައްވައި މަތީން ވިދާޅުވީ ހުޅުމާލޭގައި 5000 ޓަނުގެ ޕްލާންޓެއް އަދި މާލޭގައިވެސް 5000 ޓަނުގެ ޕްލާންޓެއް އެޅުމަށް މަސައްކަތް ކުރަމުން އަންނަކަށެވެ. 

މާލޭ ސަރަހައްދުގެ އާބާދީ އިތުރުވަމުން ދިޔުމާ ގުޅިގެން ފެނުގެ ކެޕޭސިޓީ އިތުރުކުރަން ޖެހިފައިވާކަމަށާއި އަމާޒަކީ މިހާރަށް ވުރެ ފެނުގެ ކެޕޭސިޓީ 2 ގުނައަށް އިތުރުކުރުން ކަމަށް ވެސް ވިދާޅުވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް