
އެމަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާނުގައި ވިދާޅުވީ ޒަކާތުގެ ސަބަބުން ކުލުނާއި ލޯތްބާއި ހަމަޖެހުން ޤާއިމުކުރެވޭކަން އެއީ އިސްލާމީ ތާރީހުން ކަށަވަރުކޮށްދީފައިވާ ހަގީތަކަށްވާއިރު ޒަކާތުގެ ކަން ހަރުދަނާކުރުމަށް މި ސަރުކާރުން މުހިއްމު ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ.
އެގޮތުން ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި އުފެއްދި ޒަކާތު ހައުސްގެ ސަބަބުން ރައްޔިތުންނާއި ޤައުމަށް މަންފާ ލިބެމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އާމްދަނީ ހޯދޭނެ ވަސީލަތްތައް މިހާރު ޤާއިމުކޮށްދޭން ފަށާފައިވާކަން ރައީސް ފާގަގަކުރެއްވިއެވެ.
މީގެއިތުރުން ޒަކާތުގެ ނިޒާމު ލާބަހުރި ޒަމާނީ ގޮތެއްގައި ތަރުތީބުކުރުމަށް ޓަކައި ހަދަންޖެހޭ އުސޫލުތަކާއި، ގަވައިދުތައް އެކުލަވާލައި ފާސްކުރެވިފައިވާކަމަށާއި އެކަމޖުގެ ސަބަބުން ބަދަލުތައް އާއްމުންގެ ފޯރުތެރިކަމުގެ ނިސްބަތަަށް ބަދަލުތައް އަންނަކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.
ޒަކާތު ހައުސްގެ އުފައްދާފައި އިފްތިތާހުކޮށްފައިވަނީ ޑިސެމްބަރު 18، 2023 ގައެވެ. ޒަކާތު ހައުސް އުފެއްދުމަށްފަހު މިދިޔަ އަހަރަކީ ރާއްޖޭގެ ތާރިހުގައި އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތް ލިބުނު އަހަރުކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެގޮތުން މިދިޔަ އަހަރު 101 މިލިއަނަށް ވުރެ ގިނަ ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާކަަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.