ads
ފުލުހުން ކްރިމިނަލްކޯޓް ކައިރީ
ބަދިގޭގައި ހިންގި މާރާމާރީ: ނޭޕާލް މީހާގެ ބަންދަށް 5 ދުވަސް
މާލޭގެ ކެފޭ ތާސީރުގެ ބަދިގެ ތެރޭގައި ހިންގި މާރާމާރީގެ މައްސަލާގައި ހައްޔަރުކުރި ނޭޕާލް މީހާގެ ބަންދު 5 ދުވަހަށް އިތުރުކޮށްފި އެވެ.
Advertisement

ފުލުހުން މިއަދު ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ނޭޕާލް މީހެއް ކަމަށެވެ. އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، 5 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައިގައި އަނިޔާ ލިބުނު ބަންގްލަދޭޝްގެ މީހާއަށް މިހާރު ވެސް ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

އިއްޔެ އައިޖީއެމްއެޗުން ބުނެފައިވަނީ އޭނާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަކަމަށެވެ. 

މި މާރާމާރީގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯތަކުން ކެފޭ ތެރޭގައި އެކަކު އަނެކަކަށް ހަމަލާދޭ މަންޒަރާއި، ޒަހަމްވެފައިވާ މީހެއްގެ އަތުގަޔާއި ގަމީހުގައި ލޭ ހުރި މަންޒަރު ފެނެއެވެ.

މިފަދަ މާރާމާރީތައް އިތުރުވަމުން އަންނާތީ، ބިދޭސީން ގިނައިން އެއްވާ ސަރަހައްދުތަކުގައި އިމިގްރޭޝަނުން ވަނީ ހާއްސަ މޮނިޓަރިން މަސައްކަތްތަކެއް ފަށައިފައެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން އަންނަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް