![](https://cnm.mv/media/images/GeCb3GBa0AAYQ8B.jpeg)
އިމިގްރޭޝަނުން ހިންގި ރެއިޑެއްގައި ބިދޭސީން ހައްޔަރު ކުރަނީ
6،000 އަށްވުރެ ގިނަ ބިދޭސީން މި ސަރުކާރުން ޑީޕޯޓްކޮށްފި
ގުފްތަގް އަޖީރު
06 ފެބްރުއަރީ 2025 - 19:42:01
މި ސަރުކާރު އައި ފަހުން މިހާތަނަށް 6،076 ބިދޭސީން ރާއްޖެއިން ބޭރަށް ޑީޕޯޓްކޮށްފައިވާ ކަމަށް، މިއަދު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއީ ކުރީގެ ސަރުކާރުގައި ޑީޕޯޓްކުރި އަދަދަށްވުރެ ގިނަ އަދަދެކެވެ. އެގޮތުން 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ޑީޕޯޓްކޮށްފައިވަނީ 2،649 ބިދޭސީންނެވެ.
ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށާއި ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކަމަށް ރައީސް ވިދާޅުވިއެވެ. ޑީޕޯޓްކޮށްފައިވާ މީހުންގެ ތެރޭގައި ސައްހަ ވިސާ ނެތި ރާއްޖޭގައި އުޅުނު މީހުންނާއި އެކި ކުށްތަކަށް އަރައިގަތް މީހުން ހިމެނެއެވެ.
މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ "އޮޕަރޭޝަން ކުރަނގި" ފަށައި، މިހާތަނަށް 59 ރަށެއްގައި ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ނަގައި ނިންމާފައެވެ. މި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 43،294 ބިދޭސީންގެ މައުލޫމާތު ނެގި، 24،540 ބިދޭސީން ވަނީ ރެގިއުލަރައިޒް ކުރެވިފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް