![](https://cnm.mv/media/images/12_65.jpg)
މިނިސްޓަރު މިހެން ވިދާޅުވީ ޕަބްލިކް ސާވިސް މީޑިއާ ޕީއެސްއެމް) އިން ބޭއްވި ބަޖެޓް 2025 ފޯރަމް ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ފާހަގަ ކުރެއްވި ގޮތުން އިކޮނޮމިކް މިނިސްޓްރީން އެނާޖީ އޮތޯރިޓީ އަދި އެންވާރަމެންޓް މިނިސްޓްރީ އާއި ގުޅިގެން ކުރެވުނު މަސައްކަތް ތަކަށް ބަލާއިރު މި މަޝްރޫއު ބިނާވެގެންދާނީ މާލެ ކާރީ މޫދުގައި އަތުރާލެވޭ 100 ޕްލަސް މެގަ ވޯޓުގެ އަތުރާލެވޭ ސޯލާސިޓީއެއްގެ މައްޗަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މި މަސައްކަތް ވެގެންދާނީ ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ފުރަތަމަ މަސައްކަތަށް ކަމަށެވެ.
އޭގެ އިތުރުން ސައީދު ވިދާޅުވީ މި ކަމަކީ ރާއްޖޭން ކަރަންޓު އުފެއްދުމަށް އާންމުގޮތެއްގައި ބޭނުންކުރާ ތެލަށް ވެވިފައި އޮންނަ ބަރޯސާވުން ކުޑަވެ ތެލަށް ކުރާ ހަރަދު ކުޑަވެގެންދާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުނު ގަރާރުގައިވާ ގޮތުން ސްޕެޝަލް އިނޮމިކް ޒޯނަށް އެންމެ މަދުވެގެން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އިންވެސްޓް ކުރަން ޖެހޭނެ އެވެ. އެސްއީޒެޑްގެ ތެރެއިން ހިންގާ މަޝްރޫއުތަކާ ގުޅޭ ތަފްސީލުތައް ބޯޑް އޮފް އިންވެސްޓްމެންޓްގެ މަޝްވަރާއާ އެކު ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ ކުރިން ގަރާރަކުން އެކަން ހާމަކުރާނެ ކަމަށް ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ވެ އެވެ.
އެސްއީޒެޑް ގާނޫނުގެ ދަށުން ހިންގާ ފުރަތަމަ ޕްރޮޖެކްޓްގެ ތެރެއިން 150 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށް ފްލޯޓިން ސޯލާ ޕެނަލް ހަރުކުރާނެ އެވެ. މާލެ ސަރަހައްދުގައި ހިންގާ އެ މަޝްރޫއުގެ ދަށުން ލީ އޯން ބެޓެރި ސިސްޓަމަކާއި އެނާޖީ މެނޭޖްމެންޓު ސިސްޓަމެއް ވެސް ގާއިމް ކުރާނެ އެވެ.
އެސްއީޒެޑްގެ ތެރެއިން އިޔާދަކުރަނިވި ހަކަތައިގެ މި ޕްރޮޖެކްޓުގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް ފެށިއިރު، 2028 ވަނަ ޢަހަރާ ހަމައަަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަކީ ރައީސް މުއިއްޒު ވެވަޑައިގަންނަވައިފައިވާ ވައުދެކެވެ.
އެސްއީޒެޑް ގާނޫނެއް ހަދާފައި އޮތަސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިންމައިލީ އެ ގާނޫނުގެ ދަށުން ރާއްޖެ އަށް އިންވެސްޓްމަންޓްތައް ގެންނަން އެއްވެސް މަސައްކަތެއް ނުކޮށެވެ.