![](https://cnm.mv/media/images/mawraraarara.jpg)
ބަތަލާ މާވްރާ ކައިވެނީ ކުރީ އޭނާއަށް ވުރެ ދެ އަހަރި ހަގު އަމީރް ގިލާނީއެވެ. އަމީރް އަކީވެސް ޕާކިސްތާނުގައި ފާހަގަކޮށްލެވޭ އެކްޓަރެކެވެ.
2020 ގައި ނުކުތް ޕާކިސްތާނު ސީރީޒް "ސަބާތު" ގައި އެކީގައި މަސައްކަތް ކުރި މި ދެ ތަރިންވަނީ އެމީހުންގެ ކައިވެނީގެ ފޮޓޯތައް ފޭނުންނަށް ދައްކާލާފަ އެވެ.
2016 ގައި މާވްރާ ވަނީ ހިންދީ ފިލްމަކުން ފެނިފައެވެ. "ސަނަމް ތޭރީ ގަސަމް" ނަމުން ނަން ދިން އެ ފިލްމުވަނި އެ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓުގައި ހިމެނިފައެވެ. އަދި ފިލްމުގެ އެއްލަވަކަމަށްވާ "ކީޗް މޭރީ ފޮޓޯ" ވަނީ ގިނަ ބައެއްގެ މެދުގައި މަގްބޫލުކަން ލިބުނު ލަވައަކަށެވެ.
ޕާކިސްތާނުގެ ބަތަލާ މާވްރާގެ ކައިވެނީގެ ތެރެއިން
މާވްރާ އާ ހާޝްވަރުދަން ރާނޭ ފެނުނު "ސަނަމް ތޭރީ ގަސަމް" ދެވަނަ ބައެއް ހަދަން ތައްޔާރުވަމުން އަންނަ އަޑުތައް ވަނީ ފެތުރިފަ އެވެ. އެހެންނަމަވެސް އެކަމުގެ ވާހަކަތައް އަދި މުޅިން ތިލައެއް ނުވެ އެވެ.