
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 46 އަހަރުގެ ފިރިހެނެކެވެ.
އައިޖީއެމްއެޗުން ވައްކަން ކުރިކަމުގެ ތުހުމަތު ކުރެވޭ މީހުން
- ތަލާލް މުހައްމަދު 40، / ގ. ގަސްރު
- މުހައްމަދު އިބްރާހީމް 46، / ދަފްތަރު 49/362
އައިޖީއެމްއެޗުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންގެ މައްޗަށް ދައުލަތުން ކުރަނީ، ވައްކަން ކުރުމާއި ހުއްދަ ނޫންތަނަކަށް ވަނުގެ ކުށުގެ ދައުވާއެވެ. ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން ތަލާލް މުހައްމަދުގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަސްދީފައިވާއިރު، މުހައްމަދު އިބްރާހީމް ބަންދުކޮށްފައިވަނީ 15 ދުވަހަށެވެ.
މި މައްސަލައިގައި މި ދެ މީހުން އެތަނަށް ވަނީ ހޮސްޕިޓަލްގެ މުވައްޒަފަކު ހުއްދަ ދީގެން އެތަނުގައި ހުރި އެލްމިނިއަމްތަކެއް ނަގަން ކަމަށް ބުނެފަ އެވެ. ނަމަވެސް ހުއްދަ ދިނީ ކާކުކަން ބުނެ ނުދެވޭ ކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވެ އެވެ.
ހާދިސާ ރިޕޯޓުގައި އޭސީއެއްގެ ބައިތަކެއް ނަގަން އުޅުނު ކަމަށް ބުނެފައިވާއިރު އެކަމުގައި ބައިވެރިނުވާ ކަމަށާއި އެތަނަށް ދިޔައީ ރައްޓެއްސަކު ފެނިގެން ކަމަށްވެސް މި ދެ މީހުންނާ ހަވާލާދީ ބަންދު އަމުރުގައިވެ އެވެ.