![](https://cnm.mv/media/images/Screenshot-2025-02-08-152329.jpg)
ފޮޓޯ: އައްޑޫ ކައުންސިލް
100 ފަތުރުވެރިން އައްޑޫއަށް ފައިބައި، ރީތިކަން ބަލާލައިފި
އައިޝަތު ރަޝާ
08 ފެބްރުއަރީ 2025 - 18:24:25
100 ފަތުރުވެރިން އައްޑޫއަށް ޒިޔާރާތްކޮށް އެ ރަށުގެ ގުދުރަތީ ރީތިކަން ބަލާލައިފިއެވެ.
އައްޑޫއަށް ޒިޔާރާތްކުރި މި ފަތުރުވެރިންނަކީ ޔޫރަޕްގެ މަޝްހޫރު ކްރޫސް ލައިނާއެއްކަމަށް ވާ "ނޯބަލް ކެލެޑޯނިއާ"ގައި އައި ބައެކެވެ.
ފޮޓޯ: އައްޑޫ ކައުންސިލް
މި ފަތުރުވެރިންނަށް އައްޑޫއަށް އައުމުން މޭޔަރު އަލީ ނިޒާރު އަދި އައްޑޫ ސިޓީ ކައުންސިލް މެމްބަރުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި މަރުހަބާ ކިޔާަ މާ ފަތި އެޅުވުމާއި ، ވެލްކަމް ޑްރިންކްއަކަށް ކުރުނބާ ތައްޔާރުކޮށް އަދި ބަޑިޔާ ޖެހުމުގެ ކުލަގަދަ ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ.
ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
އައްޑޫގެ ސަގާފި އަދި އަތްތެރި މަސައްކަތްތައްވެސް ވެސް ވަނީ ފަތުރުވެރިންނނަށް ދައްކާލާފައެވެ.
ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
އައްޑޫގައި ހޭދަކުރި އުފާވެރި އދި ހިތްގައިމު ވަގުތޮކޮޅުގައި ފަތުރުވެރިންވަނީ އައްޑޫގެ ނޭޗާ ޕާކްވެސް ބައްލަވާލާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް