ads
ސުޕްރީމް ކޯޓުގެ ފުލް ބެންޗު
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކުވަކިކުރާނެ ކަމުގެ ތުހުމަތު
ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވައި، އެ ކޯޓުގެ ތިން ފަނޑިޔާރަކު ވަކި ކުރަން މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިން އަނެއްކާވެސް ތުހުމަތުކޮށްފި އެވެ.
Advertisement

އެމްޑީޕީން، މިއަދު ނެރުނު ނޫސް ބަޔާނެއްގައި ސަރުކާރުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަކިކުރަން އުޅޭ ކަމަށް ތުހުމަތުކޮށްފައިވަނީ، ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައި، އެ މައްސަލަ ތާވަލުކޮށްފައިވަނިކޮށެވެ.  

އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަކިކޮށް ހުސްވާ މަގާމުތަކަށް އައްޔަން ކުރަން ނިންމާފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފްގެ އިތުރުން، މި ސަރުކާރުގެ ސިޔާސީ މަގާމުތައް ފުރަމުން ގެންދާ ދެ ބޭފުޅެއް ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ދެ މީހެއް ކަމެއް އެމްޑީޕީގެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.

"ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް މިހާރު ރާވާފައިވާއިރު، ހުސްވާ މަގާމުތަކަށް މިހާރުގެ ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފުގެ އިތުރުން، މިހާރު މި ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރަމުން ގެންދާ ދެ ބޭފުޅަކު އައްޔަނުކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ،" އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ފަނޑިޔާރުން ވަކި ކުރުމުގެ އިތުރުން އެހެން ގޮތްގޮތަށް ވެސް އެންމެ މަތީ ކޯޓަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީން ބުނެފައިވާއިރު، މި ސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހްވެސްވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް