ads
މިއަދު ހައުސް ޕްލާޒާގައި ރޯވި އަލިފާންގަނޑު ނިންވާލުމުގައި އެމްއެންޑީއެފް ފަޔާ ޓީމް މަސައްކަތް ކުރަނީ
މިއަދު ރޯވި ހައުސް ޕްލާޒާ ތަޅާލަން ވަނީ ނިންމާފައި: އިހްސާން
މިއަދު އަނެއްކާވެސް އަލިފާނުގެ ހާދިސާ ހިނގި މ. ހައުސް ޕްލާޒާ ތަޅާލަން ސަރުކާރުން ނިންމާފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
Advertisement

މިއަދު ހެނދުނު 6؛35 އެހާކަންހާއިރު ހައުސް ޕްލާޒާގައި ރޯވި އަލިފަނގަޑު މާގިނައިރުތަކެއް ނުވަނީސް ވަނީ ނިންވާލާފައެވެ. އެމްއެންޑީއެފުން ބުނީ ރޯވީ އެ ގޭގައި ހުރި ކުނިތަކެއްގައެވެ.

ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކޮށް ފަޅު އިމާރާތެއްގެ ގޮތުގައި ހުންނަ މިތަނުގައި މީ އަލިފާނުގެ ހާދިސާއެއް ހިނގި ދެވަނަ ފަހަރު އެވެ. މިތަން ވެފައި ވަނީ ޑްރަގު ބޭނުނުންކުރާ މީހުން އެކަމަށް ބޭނުންކުރާ އައްޑާއަކަށެވެ. އެންމެފަހުން ރޯވި ފަހަރު މިތަނުގެ ތެރެއިން ދެ މީހަކު ވަނީ ހައްޔަރުވެސްކޮށްފައެވެ. އެ ދެ މީހުންނަކީވެސް އެތަނަށް މަސްތުވާތަކެތި ބޭނުންކުރަން ވަދެ ތިބި ދެމީހުންނެވެ. 

މިއަދު އަލިފާނުގެ ހާދިސާއަށް ފަހު މީޑިއާ ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ މ. ހައުސް ޕްލާޒާ ތަޅާލަން ސަރުކާރުން ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އެކަން ނުވެ އޮތީ އެކަމަށް ކުރަން ޖެހޭ ހަރަދު ބޮޑުކަމުންކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ މިހާރު އަމިއްލަ ފަރާތަކާއި އެކު އެ އިމާރާތް ތަޅާލުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް