ads
ސައުދީގައި ފަލަސްތީނު މީހުން ވަޒަންވެރި ކުރުވާ ވާހަކަ ކުށްވެރިކޮށްފި
ފަލަސްތީނު މީހުން ވަޒަންވެރިކުރުވަން ސައުދީ އަރަބިއްޔާގައި ސްޓޭޓެއް ހެދުމަށް އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކެވި ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.
Advertisement

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ސައުދީ ޢަރަބިއްޔާގެ ސަރަޙައްދުގެ ތެރޭގައި ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުމަށް ގޮވާލައި އިސްރާއީލުގެ ބޮޑުވަޒީރު ދެއްކެވި ޒިންމާދާރުކަން ކުޑަ ހަރުކަށި ވާހަކަތަކެއް ކަމަށެވެ. އަދި އެވާހަކަތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ނަތަންޔާހޫގެ ވާހަކަތައް ސައުދީން ބަލައިނުގަންނަން ނިންމި ނިންމުމަށް ރާއްޖޭން ފުރިހަމައަށް ތާއިދުކުރާ ކަމަށް ފޮރުން މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އަދި  އެއީ ސައުދީގެ މިނިވަންކަމާއި ރައްކާތެރިކަމަށް ހުރަސް އެޅޭ އަދި ބައިނަލްއަގްވާމީ ގާނޫނާއި އދ.ގެ ގަރާރުތަކާއި ވެސް ހިލާފު ކަމެއްކަމަށްވެސް ރާއްޖެއިން ބުނެއެވެ. 

މީގެއިތުރުން ނަތަންޔާހޫގެ އެ ވާހަތަކަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އިހްތިރާމް ނުކުރާކަން އަންގައިދޭ ހުށަހެޅުމެެއްކަަާއި އެކަމުން ފަލަސްތީނުގެ ރައްޔިތުންގެ އެތައް ހައްގެއް ގެއްލޭނެކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ. 

މީގެ އިތުރުން 1967 ވަނަ އަހަރުގެ ބޯޑަރުގެ މައްޗަށް ބިނާކޮށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައެޅުމަށް  ރާއްޖެއިން ތަކުރާރުކޮށް ގޮވާލާކަމަށްވެސް މި ބަޔާނުގައިވެއެވެ. 

އެމެރިކާގެ ވެރިކަމާއި ދާދި ފަހުން ހަވާލުވެޑައިގެންނެވި އާ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ އެ ގައުމުން ގާޒާގެ މިލްކުވެރިކަން ހޯދައި އެ ތަނުގައި ތިބި ފަލަސްތީނުގެ ރައްޔިތުން އެހެން ގައުމުތަކަށް ދާއިމީ ގޮތަކަށް ބަދަލުކުރަން ގޮވާލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް