ads
ލ. ގަން
ލ ގަމުގައި މަހާއި ހުއިފިލަނޑާ ހިއްކަން ބިން ދޫކުރަނީ
ލ. ގަމުގައި މަހާއި ހުއިފިލަނޑާ ކައްކައި ހިއްކުމުގެ މަސައްކަތަށް ބިން ކުއްޔަށް ދޫކުރުމަށް ގަމު ކައުންސިލުން ނިންމައިފިއެވެ.
Advertisement

މިގޮތުން އެ ރަށުގެ B1 އަދި B2 ސަރަހައްދުން ބިން ކުއްޔަށް ދޫކުރުމަށް ވަނީ އިއުލާން ކޮށްފައެވެ.

މި ބިންތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ މީހުން މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 13:00 ގައި ބާއްވާ ބީލަމުގައި ބައިވެރިވެވޭނެއެވެ. ނަމަވެސް ބީލަމުގައި ބައިވެރިވެވޭނީ އެކަމަށް ކުރިން ރަޖިސްޓްރީ ވާ މީހުންނަށް އެކަންޏެވެ. ރަޖިސްޓްރީ ވުމުގެ ސުންގަޑިއަކީ ބުދަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.

ކައުންސިލުން މައުލޫމާތު ދިނުމަށް ބުނެފައިވަނީ ބީލަމުގައި ބައިވެރިވާން އެދޭ މީހަކަށް ވެސް ހުށަހެޅޭނީ އެންމެ އަންދާސީ ހިސާބެއް ކަމަށެވެ. އަދި ބީލަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށް މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ކައުންސިލަށް ގުޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ބީލަން ހުށަހެޅުމަށް ހާޒިރުވާ މީހުން ގަޑިއަށް ސަމާލުވާން ޖެހޭނެއެވެ. ސަބަބަކީ ގަޑިޖެހިގެން ހާޒިރުވާ މީހުންނަށް ބީލަމުގައި ބައިވެރިއެއް ނުވެވޭނެތީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް