
މި މަސައްކަތަކީ އައްޑޫ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ ހާއްސަ އިސްނެގުމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތު ދެމުން ބުނީ މި ވަގުތު ކޯޓުގެ 97 ޕަސަންޓު މަސައްކަތް ވަނީ ނިމިފައި ކަމަށެވެ. މިހާތަނަށް ބިން ސާފުކޮށް، ވެލި އަޅައި ލެވެލް ކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މި މަސައްކަތަށް ގާތްގަނޑަކަށް 3 ލައްކަ ރުފިޔާ ހޭދަވާނެ ކަމަށް ކައުންސިލުން ލަފާކުރެއެވެ.
ކައުންސިލުން ބުނާ ގޮތުގައި މި ކޯޓު އެޅުމުގެ މައިގަނޑު މަގުސަދަކީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވާ ކުޅުންތެރިންނަށް އެކަށީގެންވާ ތަމްރީނު ފުރުސަތު ހޯދައިދިނުމެވެ. އަދި މި މަސައްކަތުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ހޭންޑްބޯޅަ ކޯޓެއް އެޅުމަށްވެސް ވަނީ ޓެންޑާ ކުރުމަށް ހަމަޖެހިފައެވެ.
މި މަސައްކަތަކީ އައްޑޫ ސިޓީ ކައުންސިލާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ކައުންސިލުން ބުނާ ގޮތުގައި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައި ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތަކަށް އިސްކަންދީގެން މަސައްކަތް ކުރަމުން ގެންދެއެވެ.