ads
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުކަމަށް އަހްމަދު ނާޝިދު އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު އަރުވަނީ
އޭސީސީގެ ނައިބަކަށް އައްޔަން ކުރަން ރައީސް އެދިވަޑައިގަތީ އަހްމަދު ނާޝިދު
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް އަހްމަދު ނާޝިދު އައްޔަންކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު އެދިވަޑައިގެންފިއެވެ.
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި ސިޓީގައި ވަނީ އެންޓިކޮރަޕްޝަން ކޮމިޝަންގެ ނައިބު ރައީސްކަމަށް އަހްމަދު ނާޝިދު އައްޔަންކޮށްދިނުމަށް މަޖިލހަށް ހުށައަޅާ ފާސްކޮށްދިނުމަށް އެދިވަޑައިގެންފައެވެ. މަޖލީހުގެ ރިޔާސަތުން ވަނީ މި މައްސަލަ ދިރާސާކުރުމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީއަށް ފޮނުވާފައެވެ. 

އޭސީސީގެ މެމްބަރުކަމަށް ނާޝިދު އައްޔަންކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އަހްމަދު ނާޝިދަކީ ޕޮލިސް ބޯޑްގެ މެންބަރުކަމާއި، ކުރީގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.  

އޭސީސީގެ ދެ ގޮނޑި ހުސްވީ ކޮމިޝަންގެ ނައިބު ރައީސް އަބްދުއްސަލާމާއި މެމްބަރު ތޯހާ މުހައްމަދު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމުންނެވެ. އެ ދެ މެންބަރުން އިސްތިއުފާ ދެއްވީ އެ ދެ މެމްބަރުންގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަން މަޖިލީހުން ތައްޔާރުވެފައި ވަނިކޮށެވެ. 

އޭސީސީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިބި މެންބަރުންނަކީ އާދަމް ޝާމިލް(ރައީސް) ޝިޔާމާ މުހަންމަދު އަދި ޝަޒްނާއެވެ.

ގާނޫނަށް ގެނައި ބަދަލުން ކޮމިޝަންތަކުގެ ރައީސް އާއި ނައިބު ރައީސް އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު ކޮމިޝަން މެމްބަރުންގެ ތެރެއިން މެމްބަރެއްގެ ނަން ރައީސް މަޖިލިހަށް ފޮނުވަންޖެހެއެވެ. އަދި އެ މަގާމަށް އައްޔަންކުރާނީ ރައީސް ފޮނުވާ ނަން މަޖިލީހުން ފާސްކުރުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް