މި މައްސަލައިގައި އޭނާއާއެކު އިތުރު ދެ މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއީ މާލޭ މއ. ރިހިވިލާގެ އަހުމަދު މާނިއު (23 އަހަރު) އާއި ގދ. ގައްދޫ ފުނޑުނުވާގޭ އަހުމަދު އަޔާން (18 އަހަރު) އެވެ. މި ދެމީހުންގެ ބަންދުގެ މުއްދަތެއްގެ ގޮތުގައި ކޯޓުން ވަނީ 15 ދުވަސް ކަނޑައަޅާފައެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ. ފާހަގަކޮށްލެވޭ ކަމަކީ ފަހަކަށް އައިސް މާލެ ސަރަހައްދުގައި މާރާމާރީގެ މައްސަލަތައް އިތުރުވެފައިވާ ކަމެވެ. މިގޮތުން މިދިޔަ ހަފްތާގައި އެކަނި ތިން މާރާމާރީގެ މައްސަލަ ރިޕޯޓުކުރެވިފައިވާއިރު، ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި މީހެއްގެ ބޮލުގައި ކޯރާޑިއަކުން ޖަހައި މާރާމާރީ ހިންގި މައްސަލައެއް ވެސް ވަނީ ހިނގާފައެވެ.