ads
ފޮޓޯ ބީއެމްއެލް
ބީއެމްއެލް ހައުސިން ލޯނުގެ ޑައުންޕޭމަންޓު ކުޑަކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހައުސިން ލޯނުގެ ޑައުންޕޭމަންޓު ކުޑަކޮށް، ލޯނު ނެގުމުގެ ޝަރުތުތަކަށް ލުއި ގެނެސްފި އެވެ.
Advertisement

ބީއެމްއެލް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބޭންކުގެ ޑިރެކްޓަރާ އޮފް ރީޓެއިލް ބޭންކިން އެންޑް ކާޑްސް، ބަދުރުއްދީން ހަސަން ވިދާޅުވީ ތިން މިލިއަން ރުފިޔާއާ ހަމައަށް 10 ޕަސަންޓު ޑައުންޕޭމަންޓަކާ އެކު ލޯނު ނެގޭނެ ކަމަށެވެ. އަދި ތިން މިލިއަން އާއި ފަސް މިލިއަންއާ ދެމެދުގެ ލޯނަށް 15 ޕަސަންޓު، އަދި ފަސް މިލިއަން ރުފިޔާއިން މަތީގެ ލޯނަށް 20 ޕަސަންޓު ޑައުންޕޭމަންޓު ހަމަޖެހޭނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

މި ބަދަލާ އެކު، ދެ މީހުން ނުވަތަ ތިން މީހުންގެ އާމްދަނީގެ ޖުމުލަ އަދަދު 22،000 ރުފިޔާއަށް އަރާނަމަ އެއް މިލިއަން ރުފިޔާގެ ލޯނަށް ޝަރުތު ހަމަވާނެ އެވެ. މީގެ ކުރިން މި ވަރުގެ ލޯނެއް ނެގުމަށް 26،000 ރުފިޔާގެ އާމްދަނީއެއް ބޭނުންވި އެވެ.

ބޭންކުން ގެނައި އިތުރު ބަދަލުތަކުގެ ތެރޭގައި ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކުރުން ހިމެނެ އެވެ. އަދި ޑައުންޕޭމަންޓަށް ރިޓަޔާމަންޓް ޕެންޝަން ސްކީމްގައި ހުރި ފައިސާ ބޭނުންކުރެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް