ads
އެންޓިކޮރަޕްޝަން ކޮމިޝަންގެ ނައިބު ރައީސްކަމަށް އައްޔަންކުރަން ފޮނުވި އަބްދުﷲ ނާޝިދު އޭސީސީއަށް އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު އެރުވުމުގެ ތެެރެއިން
އޭސީސީގެ ނައިބަކަށް އައްޔަންކުރަން ފޮނުވި ނަން ރައީސް ބަދަލުކުރައްވައިފި
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރަން ރައްޔިތުން މަޖިލިހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަން އެމަނިކުފާނު މިއަދު ބަދަލުކުރައްވައިފިއެވެ.
Advertisement

އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި ސިޓީގައި ވަނީ އެންޓިކޮރަޕްޝަން ކޮމިޝަންގެ ނައިބު ރައީސްކަމަށް އަހްމަދު ނާޝިދު އައްޔަންކޮށްދިނުމަށް މަޖިލިހަށް ހުށައަޅާ ފާސްކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އެހެންނަމަވެސް މިއަދު ވަނީ އެނަން ބަދަލުކުރައްވާ އަނެއްކާ މަޖިލިހަށް ސިޓީއެއް ފޮނުއްވާފައެވެ. 

މުއަދު މަޖިލިހަށް ރައީސް ޑރ. މުއިއްޒު ފޮނުވި ސިޓީގައިވަނީ އެންޓިކޮރަޕްޝަން ކޮމިޝަންގެ ނައިބު ރައީސްކަމަށް ރ. އަލިފުށީ، ފަސާނާ، އަބްދުﷲ ނާޝިދު އައްޔަންކޮށްދިނުމަށް މަޖިލިހަށް ހުށައަޅާ ފާސްކޮށްދިނުމަށް އެދިވަޑައިގެންފައެވެ. މަޖިލީހުން ވަނީ މި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީއަށް ފޮނުއްވާފައެވެ. 

އަބްދުﷲ ނާޝިދަކީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓާ އޮފް އެޑިއުކޭޝަން (ސްކޫލް މެނޭޖްމަންޓް) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން އަބްދުﷲ ނާޝިދަކީ އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުގެ މެނޭޖަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭސީސީގެ ދެ ގޮނޑި ހުސްވީ ކޮމިޝަންގެ ނައިބު ރައީސް އަބްދުއްސަލާމާއި މެމްބަރު ތޯހާ މުހައްމަދު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމުންނެވެ. އެ ދެ މެންބަރުން އިސްތިއުފާ ދެއްވީ އެ ދެ މެމްބަރުންގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަން މަޖިލީހުން ތައްޔާރުވެފައި ވަނިކޮށެވެ. 

އޭސީސީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިބި މެންބަރުންނަކީ އާދަމް ޝާމިލް(ރައީސް) ޝިޔާމާ މުހަންމަދު އަދި ޝަޒްނާއެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް