
އަންނަ ރޯދަމަހު ދިވެހި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ސަރުކާރުން ހިލޭ ދޭން ނިންމާ އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މި ސަރުކާރަށް އެއް އަހަރު ފުރުމުގެ މުސާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ނިންމުމާއި ގުޅިގެން މިފްކޯއިން ބުނީ ކޮންމެ ގޭބިސީއަކަށް ދޭން ނިންމާފައިވަނީ ީ 180 ގްރާމުގެ 48 ދަޅުގެ މަސްކޭހެއް ކަމަށެވެ.
މާލެ ސަރަހައްދުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. މާލޭގައި މަސްދަޅު ކޭސް ބެހުން ކުރިޔަށްދާނީ މިމަހުގެ 20ވަނަ ދުވަހުން ފެށިގެން މިމަހުގެ އެންމެ ފަހު ދުވަސް 28ގެ ނިޔަލަށްކަމަށް އެސްޓީއޯއިން ބުނެެއެވެ.
އެސްޓީއޯއިން ބުނީ މަސްދަޅު ކޭސް ލިބޭނީ ހަމައެކަނި ދިވެހި ރައްޔިތުންނަށްކަމަށެވެ. އަދި މަސްދަޅު ކޭސް ދޫކުރާނީ ގޭގޭގެ ކަރަންޓް މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހުކަމަށް އެސްޓީއޯއިން ބުނެއެވެ.
މާލޭ ސަރަހައްދުގައި މަސްދަޅު ބަހާ ވަގުތު
- މެންދުރުފަހު 2:30 އިން ހަވީރު 6:00 އަށް
- ރޭގަނޑު 8:30 އިން 11:00 އަށް.
މާލޭ ސަރަހައްދުގައި މަސްދަޅު ކޭސްތައް ދޫކުރުމަށް 5 މަރުކަޒެއް ގާއިމުކުރެވިފައިވާކަމަށް އެސްޓިއޯއިން ބުނެއެވެ. އެގޮތުން މާލޭގައި ދެ ތަނަުން މަސްކޭސް ދޫކުރުމުން ގެންދާނެކަމަނަށް އެސްޓީއޯއިން ބުނެއެވެ.
މަސްކޭސްތައް ދޫކުރާ ތަންތަން
- މާލޭގައި / މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާބެހޭ
- މާލޭގައި / މިފްކޯ އޮފީސް ކޮމްޕައުންޑް
- ވިލިމާލޭގައި / ވިލިމާލޭ ކައުންސިލް އޮފީސް
- ހުޅުމާލެ ފޭސް-1 ގައި / އުމަރު ޒާހިރު ބިލްޑިން
- ހުޅުމާލެ ފޭސް-2 ގައި / ހިޔާ ފްލެޓް ޓަވަރު 10 ގެ ޔޫތު ސެންޓަރު
އަތޮޅު ތެރެއަށް ފޮނުވާ މަސްދަޅު ކޭސްތައް މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން ދޯނިފަހަރަށް އަރުވަން ފަށާފައއިވާކަމަށް އެސްޓީއޯއިން ބުނެއެވެ. ރަށްރަށުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ސިޓީތަކާއި ބެހޭ މިނިސްޓްރީން ވަނީ ފަށާފައެވެ. އެ މިނިސްޓްރީން ބުނީ ރަށްރަށުގެ ގޭބިސީތަކަށް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުންކަމަށެވެ.