ads
ކުރީގެ ފިނޭންސް މިނިސްޓަރު ޝަފީގު، ފްރީ ޒޯން ކުންފުނީގެ ސީއީއޯއަކަށް
މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރުގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު ޝަފީގު މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް އައްޔަނުކޮށްފިއެވެ.
Advertisement

17 ނޮވެމްބަރު 2023 އިން ފެށިގެން  ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވުމަށްފަހު  މިދިަޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 31 ވަނަ ދުވަހު ޝަފީގު ވަނި މަގާމުން އިސްތިއުފާދެއްވާފައެވެ. އޭނާ މަގާމުން އިސްތިއުފާދެއްވި ސަބަބެއް ޝަފީގުވެސް އަދި ސަރުކާރުންވެސް މިހާތަނަށް ބުނެފައެއް ނުވެއެވެ. 

ޝަފީގު މިހާރު ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ސީއީއޯގެ މަގާމަށް އައްޔަންކުރައްވާފައެވެ. އަދި އޭނާ މިދިޔަމަހުން ފެށިގެން ގެންދަވަނީ އެ އޮފީހަށް ނުކުންނަވަމުންނެވެ. މީގެއިތުރުން "ހިޔާވެހި ފައިނޭންސް ސްކީމް" ގެ މަސައްކަތްތައް ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ބޯޑް ޑިރެކްޓަރެއްގެ މަގާމަށްވެސް ޝަފީގު ވަނީ އައްޔަނުކޮށްފައެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ނަމުގައި ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަދުވަހުއެވެ. 

މި ކުންފުންޏަކީ ރާއްޖެއަށް ފުޅާދާއިރާއެއްގައި މުދާއެތެރެކުރުމާއެކު އަވައްޓެރި އެހެން ބައެއް ޤައުމުތަކަށް ރީއެކްސްޕޯޓް ކުރެވޭ ނިޒާމެއްގެ ތެރެއިން އާމްދަނީ އިތުރުކުރުމަށް އަމާޒުކޮށް އުފައްދާ ކުންފުންޏެކެވެ. މިކުންފުނި އުފައްދަނީ ސަރުކާރު ހިއްސާވާ ފަސް ކުންފުޏެއްކަމުގައިވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ.)، މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ)، އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ޝާމިލުވާގޮތަށް އުފައްދާ މައިކުންފުންޏެއްގެ ގޮތުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް