ads
އިއްޔެ ގެ އޮޕަރޭޝަންގައި ބިދޭސީން އުޅޭ ތަނެއް އިމިގްރޭޝަން އޮފިސަރުން ބަލާ ފާސްކުރަނީ
ހުޅުމާލޭ ވިޔަފާރިތަކަށް އިމިގްރޭޝަންގެ ރެއިޑް
އިމިގްރޭޝަނުން އިއްޔެ ހުޅުމާލޭގައި ހުރި ވިޔަފާރިތަކަށް ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
Advertisement

މި އޮޕަރޭޝަންގައި ސެލޫނާއި، ފަހާތަންތަނާއި އަދި ކެފޭ ހިމެނޭގޮތަށް ފަސް ތަނެއް ބަލައި ފާސްކޮށްފައިވެއެވެ.

އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންގައި ސައްހަ ވިސާއެއް ނެތި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއް އެމީހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. މިއީ ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ.

އިމިގްރޭޝަނުން މިހާރު ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒަވޭޝަން މަސައްކަތްތައްވެސް ކުރިއަށް ގެންދެއެވެ.

އިމިގްރޭޝަނުން ކުރިއަށްގެންދާ މި މަސައްކަތްތަކުގެ ދަށުން މިހާތަނަށް 6076 އަށްވުރެ ގިނަ ބިދޭސީން ވަނީ އެމީހުންގެ ގައުމުތަކަށް އަނބުރާ ފޮނުވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް