![](https://cnm.mv/media/images/gagaagagaaa.jpg)
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރިޔާސީ ބަޔާން ޖެނުއަރީ މަހަށް ބަދަލުކުރަން ހުށަހަޅައިފި
ގުފްތަގް އަޖީރު
12 ފެބްރުއަރީ 2025 - 14:27:41
ރިޔާސީ ބަޔާން އިއްވުން ކޮންމެ އަހަރެއްގެ ޖެނުއަރީ މަހަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ހުށަހަޅައިފި އެވެ. މި އިސްލާހު ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ.
އާ އިސްލާހުގެ ދަށުން، އަންނަ އަހަރުން ފެށިގެން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ޖެނުއަރީ 1 އިން އެ މަހުގެ ނިޔަލަށެވެ. މީގެ އިތުރުން ދެވަނަ ދައުރު ހިނގާނީ އެޕްރީލް 1 އިން ޖުލައި 31 އަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ ސެޕްޓެމްބަރު 1 އިން ނޮވެމްބަރު 30 އަށެވެ.
މި ބަދަލު ގެންނަން ޖެހުނު މައިގަނޑު ސަބަބަކީ ރޯދަ މަހާ ދިމާވާތީ، މަޖިލިސް ބަންދުކުރުމަށް މަގުފަހިކުރުމެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ދައުރު ނިމޭނީ މިހިނގާ ފެބްރުއަރީ މަހުގެ ނިޔަލަށް ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
މިހާތަނަށް ރިޔާސީ ބަޔާން އިއްވަމުން އައީ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގައެވެ. މިގޮތުން މި އަހަރުގެ ރިޔާސީ ބަޔާން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވީ ފެބްރުއަރީ 6 ގައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް