ads
ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެން ޝަރީފް (ހުސެންބެ)
ފުލުހުންނާއި ފަނޑިޔާރުން ގޭންގުތަކާ ވަނީ ގުޅިފަ: ޝަރީފް
ފުލުހުންނާއި ޝަރުއީ ދާއިރާގެ ބައެއް ފަނޑިޔާރުން ގޭންގުތަކާ ގުޅިފައިވާކަން އެނގެން އޮތް ކަމަށް، ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

މަޖިލީހުގައި ގޭންގު ކުށްތަކާ ބެހޭ ބިލަށް ވާހަކަފުޅު ދައްކަވަމުން މެންބަރު ޝަރީފް ވިދާޅުވީ ގޭންގު މާރާމާރީއަށް ހިތްވަރުދޭ މީހުންނާއި ޝަރުއީ ނިޒާމުގައި ތިބި ބައެއް ފަނޑިޔާރުންނާ ދެމެދު ވަރަށް ބޮޑަށް ގުޅުން އޮންނަކަން އެނގެން އޮތް ކަމަށެވެ. އަދި އިވޭ އަޑުތަކަށް ބަލާއިރު ކުށުގެ ވެށީގައި އުޅޭ މީހުންނާއި ފުލުހުންނާ ދެމެދުގައި ވެސް ގުޅުން އޮންނަކަން އެނގެން އޮތް ކަމަށް ވިދާޅުވިއެވެ.

ޝަރީފް ފާހަގަކުރެއްވި ގޮތުގައި، މިފަދަ ގުޅުންތަކުގެ ސަބަބުން އަސްލު ކުށްވެރިން ދޫވެގެންދާއިރު، ކުށެއް ނެތް އާންމު ރައްޔިތުން އެތައް ދުވަހަކު ބަންދުގައި ބަހައްޓާ ކަމަށެވެ. މިކަމުގެ ސަބަބުން އެތައް އާއިލާތަކެއް ރޫޅި، އަނބިދަރިން ބީވެގެންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ގާނޫނު އަސާސީން ދޭ ބާރުތައް ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދުމަށް ބޭނުންކުރެވޭ ގޮތަށް އޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ރައްޔިތުން ކުށުގެ ވެށިން ސަލާމަތްކުރުމަށް ދެވޭ ބާރުތައް ދޭއިރު، އެ ބާރުތައް ދެވޭ މުއައްސަސާތަކުގެ ހާލަތު ވެސް ވިސްނާލަންޖެހޭ ކަމަށް ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް