ads
މަޖިލިސް މެމްބަރުން ފެނަކަގެ ވެރިންނާއި އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ފެނަކައިން 44 މިލިއަން ރުފިޔާ ދައްކަން ކޯޓުން އަމުރުކޮށްފި
ފެނަކަ ކޯޕަރޭޝަނުން 44 މިލިއަން ރުފިޔާ އަމިއްލަ ކުންފުންޏަކަށް 14 މަސް ދުވަހުގެ ތެރޭގައި ދައްކަން ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
Advertisement

މިއީ ކްލެސިކޯ ލިމިޓެޑުން ފެނަކައަށް ފޯރުކޮށްދީފައިވާ މުދަލުގެ އަގަށް ދައްކަންޖެހޭ ފައިސާއެވެ. ކްލެސިކޯއިން މި މައްސަލަ ކޯޓަށް ހުށަހެޅިއިރު އަގުގެ އިތުރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ހަ މިލިއަން ރުފިޔާ ހޯދުމަށް ވެސް އެދުނެވެ.

ނަމަވެސް މައްސަލަ ކޯޓަށް ހުށަހެޅުމަށްފަހު ދެ ކުންފުނިން ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. އެގޮތުން ގެއްލުމުގެ ބަދަލު ދޫކޮށްލާ، މުދަލުގެ އަގަށްވާ 44 މިލިއަން ރުފިޔާ މަހުން މަހަށް ދައްކާ ގޮތަށް ދެފަރާތުން އެއްބަސްވިއެވެ.

ފެނަކައަކީ މިފަދަ ގިނަ ދަރަނީގެ މައްސަލަތަކެއް ކުރިމަތިވެފައިވާ ކުންފުންޏެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް