ads
މެޒޯ މުހައްމަދު
މެޒޯ މުހައްމަދު ނިޔާވެއްޖެ
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފަންނާނުގެ ތެރޭގައި ހިމެނޭ މަޝްހޫރު މިއުޒީޝަން މެޒޯ މުހައްމަދު ނިޔާވެއްޖެއެވެ.
Advertisement

އެނގިފައިވާ ގޮތުގައި މެޒޯ މޯޑް އޭނާ ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންނެެވެ. އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާކަމަށް ވަނީ އެނގިފައިއެވެ. ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ފަންނާނު އަދި މިއުޒިކް ލެޖެންޑް މެޒޯ މުހައްމަދު ނިޔާވިއިރު އުމުރަކީ 59 އަހަރެވެ. 

މެޒޯ މުހައްމަދަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުގެ ބައްޕައެވެ. 

ނުވަދިައިގެ އަހަރުތަކުގެ ތެރޭގައި ދިވެހިންގެ މެދުގައި މެޒޯ މޯޑް މަގްބޫލުކަން ހޯދީ އޭނާ ހުށައަޅާދިން ދިވެހި ވަންތައް އަމިއްލަ އެތައް ރާގެއްގެ ލަވަތަކުންނެވެ. މޯޑް އިސްވެ ހުރެ އޭރު މިއުޒކް ކުޅެމުން ދިޔަ "މެޒޯ" ބޭންޑަކީ އޭރު އެންމެ މަޝްހޫރު އެއް ބޭންޑެވެ. އެ ބޭންޑުން ނެރުނު ލަވަތަކަކީ މިއަދުވެސް ދިވެހި ޒުވާނުންގެ މެދުގައި މެޒޯގެ އެ ލަވަތަކީ މަޝްހޫރު ލަވަތަކެކެވެ. 

your image2010 ވަނަ އަހަރު މެޒޯ މޯޑަށް ރައީސް މުހައްމަދު ނަޝީދު، ހިތްވަރު ދިނުމުގެ ގައުމީ އިނާމު އަރުވަނީ 

މެޒޯ މޯޑްގެ އެންމެ މަގްބޫލުވި ލަވަތަކުގެ ތެރޭގައި "ވިސްނާ ވިސްނާ" އާއި "ކަމަނަ ގޯތީ އާދަނުތާ" އާއި " އަކިރި ދެމޭ އަކިރި ދެމޭ" އާއި "ރޯނުއެދުރު" އާއި "ޖިސްމު" މީ އޭރުގެ ސުޕާހިޓް ލަވަތަކެވެ. އޭގެއިތުރުން "އެޅި މިކަނޑުމަތި" އާއި "އުޑުން ތަރިތައް" އާއި "ދާނޭހޭ ތިހަނދާން ފިލާ" އާއި "މާލިއަރާނޭ މާލިއަރާނޭ" އާއި "ވެއްޖެ ކަމަކާ ހައްޖާ ހަމައޭ" މީ ގިނަ ބައެއްގެ ހަނދާނުގައި މިހާރުވެސް ހުންނާނެ ލަވަތެކެވެ. 

ލަވަތަކަށް ހާއްސަ އޭރު އެންމެ މަޝްހޫރު ޗެނަލް އެމްޓީވީން ފުރަތަމަ ދިވެހި ލަވައަކަށް ވެސް ގެނެސްދިނީ މެޒޯގެ ލަވައެކެވެ.

މެޒޯ މޯޑްގެ މަޝްހޫރު އަލްބަމްތަކުގެ ތެރޭގައި "ގުގުރި" އާއި "މާލި" އާއި "ޓެންތު" އަދި "ލިސްނާ" ހިމެނެއެވެ. 

މިއުޒީކީ ދާއިރާގައި 48 އަހަރު ހޭދަކޮށްފައިވާ މޯޑް ވަނީ 2010 ވަނަ އަހަރު މިއުޒީކީ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލުކޮށްފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް