ބީއެމްއެލްއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ރިއަލް އެސްޓޭޓް، ގެސްޓްހައުސް އަދި ވަރކިންގ ކެޕިޓަލް ލޯނުތަކަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. މީގެ ތެރޭގައި ރިއަލް އެސްޓޭޓް ލޯނުތަކުގެ އަމިއްލަ ހިއްސާ 30 ޕަސަންޓުން 20 ޕަސަންޓަށް ދަށްކުރުމާއި، ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 20 އަހަރަށް އިތުރުކުރުން ހިމެނެއެވެ.
ގެސްޓްހައުސް ވިޔަފާރިތަކަށް ވެސް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފައިވެއެވެ. އެގޮތުން، ދެ އަހަރަށްވުރެ ގިނަ ދުވަހު ހިންގާފައިވާ ގެސްޓްހައުސްތަކަށް 11 ޕަސަންޓުގެ ރޭޓުން ލޯނު ނެގޭނެއެވެ. އަދި އަލަށް ފަށާ ގެސްޓްހައުސްތަކަށް 12 ޕަސަންޓުގެ ރޭޓުން ލޯނު ލިބޭނެއެވެ.
ވަރކިން ކެޕިޓަލް ލޯނުތަކުގެ ދަށުން މިހާރު ވިޔަފާރިތަކަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 2.5 ގުނަ އަށްވުރެ ގިނައިން ލޯނު ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ.