![](https://cnm.mv/media/images/IMG_828545CF5712-1-720x480.jpeg)
މި އެވޯޑަށް 450 އަށް ވުރެ ގިނަ މީހުންގެ ނަން ހުށަހަޅާފައިވާ ކަމަށް ހޮޓެލިއާ މޯލްޑިވްސްއިން ބުނެއެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ހުށަހެޅުންތައް 50 ޕަސަންޓަށް ވުރެ އިތުރުވެފައިވެއެވެ. އަދި މި އަހަރުގެ އެވޯޑްގައި އަލަށް ހަތަރު ކެޓަގަރީއެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ވޯޓަސްޕޯޓްސް އަދި ޑައިވިން ދާއިރާގެ އިތުރުން އެއަރޕޯޓް ރެޕްރެޒެންޓެޓިވް އާއި ރިސޯޓް މެނޭޖަރުގެ ކެޓަގަރީ ހިމެނެއެވެ.
ހޮޓެލިއާ މޯލްޑިވްސްއިން ބުނާ ގޮތުގައި މިހާރު ކުރިއަށްދަނީ ފަނޑިޔާރުންގެ މަރުހަލާއެވެ. އޭގެ ފަހުން އާންމު ވޯޓުލުން ހުޅުވާލެވޭނެއެވެ. މިގޮތުން، ފަނޑިޔާރުންގެ މާކްސްގެ 60 ޕަސަންޓާއި އާންމު ވޯޓުގެ 40 ޕަސަންޓަށް ބަލައިގެން ވަނަތައް ހޮވާނެއެވެ.
ބެސްޓްބައި މޯލްޑިވްސްގެ ޓައިޓަލް ސްޕޮންސަރޝިޕްގެ ދަށުން ބާއްވާ މި އެވޯޑު ހަފުލާ އޮންނާނީ މެއި މަހުގައެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ގިނަ ދުވަސްވީ އަދި މަގުބޫލު ހޮސްޕިޓަލިޓީ މަޖައްލާއިން އިންތިޒާމުކުރާ އެވޯޑެކެވެ.