ads
ޕީސީބީގެ މެމްބަރުން
ކުންފުނިތަކުގެ ބޭކާރު ހަރަދުތައް ހުއްޓަން ޕީސީބީން އަމުރުކޮށްފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭކާރު ހަރަދުތައް ހުއްޓުވުމަށް ޕްރައިވެޓައިޒޭޝަން ބޯޑުން (ޕީސީބީ) އިން މިއަދު އަމުރުކޮށްފި އެވެ.
Advertisement

މިކަމާ ގުޅޭގޮތުން ޕީސީބީން މިއަދު ހުރިހާ ކުންފުނިތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް ކުންފުނިތަކުން ހަރަދު ކުޑަކުރަން ޖެހޭ ކަމަށެވެ. 

މީގެ ތެރޭގައި ކޮންމެހެން ނޫން ދަތުރުތަކާއި، ކެއުމުގެ ހަރަދުތަކާއި، ފައިދާ ނެތް މަހާސިންތާތަކުގައި ބައިވެރިވުން ހިމެނެ އެވެ.

ޕީސީބީން އަންގާފައިވާ ގޮތުގައި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތަކުގައި ބިޒްނަސް ކްލާހާއި ފަސްޓް ކްލާހުގައި ދަތުރުކުރުން ހުއްޓާލަން ވާނެ އެވެ. އަދި ބޭރުގެ ފަރާތަކުން ދަތުރުގެ ހަރަދު ދިނަސް ކުންފުނިން ކުރަންޖެހޭ އެހެނިހެން ހަރަދުތައް ކުޑަކުރަން ވާނެ އެވެ.

އަތޮޅުތެރެއަށް ކުރާ ދަތުރުތަކުގައި ފެރީގެ ހިދުމަތް ލިބެން ހުރިނަމަ، ފެރީގައި ދަތުރުކުރުމަށް އަންގާފައިވާއިރު، ކުންފުނިތަކުން ބާއްވާ ބައްދަލުވުންތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވުމަށްވެސް އަންގާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް