ads
ދީޕިކާ ޕަޑުކޯން ފޮޓޯ: ބޮލް ނިއުސް.ކޮމް
ގޮތް ހުސްވި، ދިރިއުޅޭކަށް ބޭނުމެއް ނުވި: ދީޕިކާ
މަޝްހޫރު ބޮލީވުޑް ތަރި ދީޕިކާ ޕަޑުކޯން ދާދި ފަހުން ވަނީ ނަފްސާނީ ސިއްހަތާ ބެހޭ ގޮތުން ހޭލުންތެރި ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފަށާފައިވާ އިސްނެގުމެއް ކަމަށްވާ "ޕަރިކްޝާ ޕެ ޗާޗާ"ގެ އެންމެ ފަހުގެ އެޕިސޯޑުގައި ފެނިގެން ގޮސްފަ އެވެ.
Advertisement

އެ އެޕިސޯޑުގައި ދިޕިކާ ޑިޕްރެޝަންއާ އެކު ކުރިމަތިލި ތަކުލީފުތައް ހިއްސާކޮށް އެކަމުން އަރާގަތްގޮތް އޭނާ ވަނީ ބެލުންތެރިންނަށް ހިއްސާކޮށްފަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން މުމްބާއީގައި އުޅެނިކޮށް އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި، ކޮންމެވެސް ކަމެއް ގޯސްވެފައިވާކަން އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ އޭނާގެ މަންމަ ކަމަށް ދިޕީކާ ބުންޏެވެ. އެ ދުވަސްވަރު އަމިއްލައަށް މަރުވުމާއި ފުރާނައަށް ގެއްލުންވާފަދަ ކަންކަން ކުރުމަށް ބޮލުތެރޭ އަޑުތަކެއް އިވެމުންދިޔަކަމަށް ދީޕިކާ ކިޔައިދިނެވެ.

ސްކޫލް ނިންމުމަށްފަހު ކުރާނެ ކަމެއް އަމިއްލައަށް ދެނެގަތުމަށްޓަކައި ކުޅިވަރުގެ ދާއިރާއަށް ވަދެ އަދި މާގިނަދުވަސްތަކެއް ނުވެ، މޮޑެލިން އިންޑަސްޓްރީއަށް ވަނުމަށްފަހު، އޭގެންވެސް ކެނޑި ދެން އެކްޓިންއަށް ދިޔަ ކަމަށް ދީޕިކާ ކިޔައިދިނެވެ. އަދި 2014 އާ ހަމައަށް ދަންދެން  ކުރާނެ ކަމެއް ހޯދުމަށް ވަރުބަލި ދުވަސްތަކެއް ހޭދަކުރަމުންދަނިކޮށް އެއްދުވަހަކު ބޯއަނބުރާގަނެގެން ވެއްޓުނު ކަމަށް ދީޕިކާ ކިޔައި ދިނެވެ. އަދި އެއީ ޑިޕްރެޝަން ހުރިކަން ފާހަގަވި ހިސާބުކަން ދީޕިކާ ބުންޏެވެ.

ދީޕިކާ ބުނީ ވަށައިގެން ހާސްކަމާ ނުވަތަ ޑިޕްރެޝަން އާއި ކުރިމަތިލާ އެތައް ހާސް ބަޔަކު ތިބި ކަމަށެވެ. އަދި އެކަން ދުވަހަކުވެސް ނޭނގިދާނެ ކަމަށާއި ސަބަބަކީ ބޭރުފުށަށް އެމީހުން ފެންނަނީ  އުފާވެރި އަދި އާދައިގެ ގޮތަކަށް ކަމަށްވާތީ އެވެ.

"އަހަރެންގެ މަންމަ އެއްދުވަހު ބެންގަލޫރަށް ދިޔުމުގެ ކުރިން އަހަރެންގެ ހާލު ބަލާލަން ގެއަށް އައި، މަންމަ ކުރިމަތީ ތިމަންނައަށް ރޮވުނު، ވީގޮތް ހޯދުމަށްޓަކައި މަސައްކަތު މާހައުލާ ބެހޭގޮތުން އާއިލާއިން ސުވާލުކުރި، އަހަރެންގެ ދުލުން ހަަމައެކަނި އައި ޖަވާބަކީ "ވީގޮތެއްނޭންގޭ، ހުރިހާކަމަކުން އުއްމީދު ކަނޑާލައިފިން، ދިރިއުޅޭކަށް ބޭނުމެއް ނެތް" ދީޕިކާ ކިޔައިދިނެވެ.

އެހިސާބަށް ދުލުން ބަސްތައް ބޭރުވުމުން މަންމައަށް ދީޕިކާއަށް  ވެފައި ހުރި އެނގުނު ކަމަށާއި ސައިކޮލޮޖިސްޓއެއް ކައިރިއަށް ދިޔުމަށް އަވަސްވެގަތުމަށް މަންމަ ނަސޭހަތްތެރިވިކަމަށް ދީޕިކާ ކިޔައިދިނެވެ.

އާންމުގޮތެއްގައި ކޮންމެމީހަކަށްވެސް އަމިއްލައަށް ނަފްސާނީ ކަންކަމުގެ ވާހަދެއްކުމަކީ ނިކަން އުނދަގޫ ކަމެއް ކަމަށާއި ނަަމަވެސް ހިތްވަރުކޮށްގެން ސައިކޮލޮޖިސްޓްއަށް ހުރިހާ ކަމެެއް ކިޔައި ދިނުމުން ވަރަށް އަވަހަށް ނަފްސަށް ބޮޑު ލުޔެއް ލިބެން ފެށިކަަމަށް ދީޕިކާ ބުންޏެވެ.

ދީޕިކާ ޕަޑުކޯން އާއި އޭނާގެ ފިރިމީހާ ރަންވީރު ސިންގް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ދަރިފުޅަށް، އަންހެން ދަރިފުޅަށް މަރުހަބާ ކިޔާފަ އެވެ. އެދަެމަފިރިން ދަރިފުޅަށް ނަންދިނީ ދުއާ އެވެ. މިހާރު ވިހެއުމަށް ފަހު ބްރޭކެއްގައި ދީޕިކާ ހުރިއިރު އޭނާ  ވަރަށް އަވަހަށް ޕްރަބާސް އާއި އަމީތާބް ބައްޗަންއާ އެކު ކަލްކީ 2 އަަކަށް ޝޫޓް ކުރުމަށް ތައްޔާރުވާނެކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް