ads
އަނޫޕަމް ކޭރް ފޮޓޯ: އިންޑިއާ ޓުޑޭ.އިން
ދާއިރާގައި 40 އަހަރު ފަހުން، އަނޫޕަމް 544 ވަަނަ ފިލްމަށް ސޮއިކޮށްފި
ދާއީރާގައި ކާމިޔާބު 40 އަހަރު މަސައްކަތްކުރުމަށްފަހު މިއަދު އަނޫޕަމް ކޭރް އޭނާގެ 544 ވަނަ ފިލްމްއަށް ސޮއިކޮށްފި އެވެ.
Advertisement

ގިނަ އެވޯޑްތަކެއް ހޯދާފައިވާ މަޝްހޫރު އަދި ބެލުންތެރިންގެ ތެރޭގައި މަގުބޫލް ކަން ހޯދާފައިވާ އަނޫޕަމް ކޭރް ވަނީ އޭނާގެ 544 ވަނަ ފިލްމުގައި "ބަހުބާލީ އޮފް އިންޑިއަން ސިނަމާ" ޕްރަބާސްއާ އެކު ސްކްރީން ސްޕޭސް ހިއްސާކުރާނެ ކަމަށް އިއުލާންކޮށްފަ އެވެ.

އިންސްޓަގްރާމްގައި އަނޫޕަމް ވަނީ ޕްރަބާސް އާއި އެކު އޭނާގެ ފޮޓޯއެއް ޕޯސްޓްކޮށްފައެވެ. އެ ޕޯސްޓްގައި ވަނީ" ހާއްސަ އިއުލާން : އަހަރެންގެ އަދި ނަންނުދެވިފައިވާ 544 ވަނަ ފިލްމް  މި އިއުލާން ކުރަނީ ވަރަށް އުފަލާއެކު، ފިލްމްގައި ގައި ފެނިގެންދާނީ އިންޑިއަން ސިނެމާގެ ބަހުބާލީ ، ވަން އެންޑް އޮންލީ އެކަޓާ ޕްރަބާސް އާއެކު." 

އެ ޕޯސްޓްގައި އޭނާ އިތުރަށް ބުނީ "ސީތާ ރާމަމް" ގައި ކުރި މަސައްކަތްތަކަށް ފާހަގަކޮށް ފިލްމް ޑައިރެކްޓް ކުރާނީ މަޝްހޫރު ފިލްމު ޑައިރެކްޓަރު ހަނޫ ރަގަވަޕޫދީ ކަމަށެވެ. އަދި ފިލްމް ޕްރޮޑިއުސަރުންވެސް ހާމަކޮށް އަނޫޕަމް ބުނީ މިއީ ވަރަށް ފުރިހަމަ ފިލްމްއަކަށް ވެގެންދާނެކަމަށް އުއްމީދު ކުރާކަމަށެވެ.

އުމުރުން 69 އަހަރުގެ އަނޫޕަމް އެންމެ ފަހުން ފެނިގެން އިންދިރާގާންދީގެ ރޯލު ކުޅުނު ކަންގަނާ ރަނޯތް އާއެކު އެއާ މިދިޔަ މަހު ދައްކާޅި ކާމިޔާބު ފިލްމް އެމާޖެންސީ ގައެވެ.

އަނޫޕަމް ބޮލީވުޑް ފިލްމް ދާއިރާގައި ޑެބިއުޓް ކުރީ 1984 ވަނަ އަހަރު މަހޭޝް ބަޓް ޑައިރެކްޓް ކުރި ފިލްމު ސާރަންޝް ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް