ads
ޓެކްސީ ޑުރައިވަރުންގެ މުޒާހަރާ: ފޮޓޯ ސީއެންއެމް
މުޒާހަރާކުރި ޓެކްސީ ޑްރައިވަރުންނަށް ދައުވާކޮށްފި
ހައިވޭއަށް އަރަން އޮންނަ ނިރޮޅު މަގު ބަންދުވާ ގޮތަށް ކާރުތައް ޕާކުކޮށް ޓެކްސީ ޑްރައިވަރުން ކުރި މުޒާހަރާއާ ގުޅިގެން ތިން ޓެކްސީ ޑްރައިވަރަކަށް ދައުވާ އުފުލައިފިއެވެ.
Advertisement

ޕީޖީ އޮފީހުން ދައުވާ އުފުލާފައިވަނީ އެ މުޒާހަރާއާި ގުޅިގެން އޭރު ހައްޔަރުކުރި ތިން ޑްރައިވަރުންގެ މައްޗަށެވެ. އެއީ މއ. ވިރާހު، މުހައްމަދު ޝާމިން، 39 އަހަރު އާއި މއ. ނަހީދީ މަންޒިލް، މިސްބާހް ޝަރީފް، 31  އަހަރު އަދި  ހދ. ކުމުންދޫ، ހޮލިޑޭވިލެޖް، ނުއުމާން އަހްމަދު، 36 އަހަރުއެެވެ. މި އެންމެންގެ މައްޗަށް އުފުލީ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅިކަމުގެ ދައުވާއެވެ.

ޑްރައިވާސް އެސޯސިއޭޝަންގެ އިންތިޒާމް ސެކެޓްރީ މިސްބާހު ޝަރީފް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ޑްރައިވަރުންނަށް  ދައުވާ ކުރިކަން އެންގީ ސަރުކާރުން އިއްޔެ ޓެކްސީ ލައިންގެ ހިދުމަތް ފަށަން އެމްޓީސީސީއާ ހަވާލުކުރިތާ ބައިގަޑިއިރެއްހާއިރު ތެރޭގައި ފުލުހުން ގުޅާފައިކަމަށެވެ.

ޓެކްސީ ޑްރައިވަރުން މުޒާހަރާކުރީ ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކޮށް ޓެކްސީގެ ހިދުމަތް ދޭން މަސައްކަތް ކުރަން ފެށުމާ ގުޅިގެންނެވެ. މުޒާހަރާކުރި ޑްރައިވަރުން އެރޭގެ ނުވަ ޖަހާއިރު ހުޅުމާލެ ނިރޮޅުމަގު ކޮޅުގައި ކާރުތައް ޕާކުކޮށް އެ މަގު ބަންދުކުރި އެވެ. އޭގެ ފަހުން ފުލުހުން އެ ސަރަހައްދު ކޮންޓްރޯލްކޮށް، 20 އަށްވުރެ ގިނަ ޓެކްސީ ޓޯކުރި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް