ads
މަސްވެރިން: ފޮޓޯ ކެޔޮޅު
މަސްވެރިންގެ އެކައުންޓްތަކަށް މިއަދު 7 މިލިއަން ރުފިޔާ
މަސްވެރިން ކިރާ މަހަށް 24 ގަޑިއިރުތެރޭ ފައިސާ ޖަމާކުރަން ފެށި ފަހުން އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކުރު ދުވަހަކަށް މިއަދު ވެއްޖެއެވެ.
Advertisement

މިފްކޯއިން ބުނީ މިއަދު މަސްވެރިންގެ އެކައުންޓަށް 7.65 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާކަމަށެވެ. 

އެ ކުންފުނިން ބުނީ މިއަދު ފައިސާ ޖަމާކޮށްދީފައިވަނީ 48 މަސް އޮޑިއަށްކަމަށެވެ. އެއީ މިދިޔަ ބުދަ ދުވަހު އެ ކުންފުންޏަށް މަސްކިރުވި ދޯނިތައްކަމަށްވެސް މިފްކޯއިން ބުނެއެވެ.

" މިއަދު ހެނދުނު 10:30 އިން މެންދުރު 12:30 އަށް ބީއެމްއެލްއިން ވަނީ އެ ފައިސާ މަސްވެރިންނަށް ޖަމާކޮށްދީފައި" މިފްކޯއިން ބުނެއެވެ.

މިފްކޯއިން ބުނީ، ބީއެމްއެލް ނޫން ބޭންކުތަކަށް ޖަމާކުރަންޖެހޭ ދެން އެންމެ އަވަހަށް ބޭންކުތައް ހުޅުވާ ދުވަހުގެ ހަވީރު 4:30ގެ ކުރިން ޖަމާކސް ނިންމާނެކަމަށެވެ. 

މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެޜޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި ވައުދާ އެއްގޮތަށް މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކުރަން ފެށި މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް