ads
ޓޭކް އޯވާ ޕްރޮސެސްގެ ތެރެއިން ފޮޓޯ: މިފްކޯ މީޑިއާ
ފެނަކައިން ހިންގަމުން ދިޔަ 14 އައިސްޕްލާންޓް މިފްކޯއާ ހަވާލުކޮށްފި
ފެނާކާ އިން ކުރިން ބެލެހެއްޓި 14 އައިސް ޕްލާންޓް ހިންގުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ސަރުކާރުގެ މަސްކުންފުނި މިފްކޯއާ ހަވާލުކޮށްފި އެވެ.
Advertisement

އެ އައިސްޕްލާންޓްތަކުގެ ހިންގުމުގެ މަސައްކަތް މިފްކޯއަށް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއި ކުރީ މިފްކޯގެ ސީއީއޯ ޑރ. ވިޓާލީ ލްޔުބްއިމޯވް އެވެ. އަދި ފެނަކާގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ.

މިފްކޯއިން ބުނީ މިވަގުތު އެކުންފުނީގެ ޓެކްނިކަލް ޓީމް އަދި އަދި އިންޖިނިއަރިން ޓީމުތައް  މަސައްކަތް ކުރަމުންދަނީ ހުރިހާ ޕްލާންޓްތަކެއް ފުލް އޮޕަރޭޝަނަލް ކެޕޭސިޓީއަށް ގެނައުމަށް ކަމަށެވެ.

މިފްކޯއާ ހިންގުން ހަވާލުކުރި އައިސްޕްލާންޓައް:

  • 50 ޓަނުގެ އައިސްޕަލާންޓް- ހއ. އިހަވަންދޫ
  • 25 ޓަނުގެ އައިސްޕްލާންޓް- ނ.ޅޮހި 
  • 25 ޓަނުގެ އައިސްޕްލާންޓް- ރ. އަލިފުށި 
  • 25 ޓަނުގެ އައިސްޕްލާންޓް- ބ.ތުޅާދޫ
  • 26 ޓަނުގެ އައިސްޕަލަންޓް- ފ.ފީއަލި
  • 25 ޓަނުގ އައިސްޕްލާންޓް- ފ. ނިލަންދޫ 
  • 25 ޓަނުގެ އައިސްޕަލާންޓް- ތ.ހިރިލަންދޫ ޕްލާންޓް 1 
  • 25 ޓަނުގެ އައިސްޕާލްޓް- ގއ. ދާންދޫ 
  • 25 ޓަނުގެ އައިސްޕްލާންޓް- ގއ. ދެއްވާދޫ 
  • 25 ޓަނުގެ އައިސްޕާލްޓް- ގއ.ގެމަނަފުށި 
  • 25 ޓަނުގެ އައިސްޕަލާންޓް ގއ.ކޮލަމާފުށި 
  • 25 ޓަނުގެ އައިސްޕްލާންޓް ގދ. ފަރެސްމާތޮޑާ 
  • 25 ޓަނުގެ އައިސްްޕްލާންޓް ގދ. ފިޔޮރީ 
  • 50 ޓަނުގެ އައިސްޕްލާންޓް ސ.ހިތަދޫ 

މިފްކޯއިން ބުނީ މިއީ ކުންފުނީގެ ހިދުމަތުގެ ގާބިލުކަން ހަރުދަނާ ކުރުމަށް އެޅިފައިވާ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އައިސްޕްލާންޓަތައް އިމާރާތްކުރުމާއި ހިންގުން ފެނަކަ ކޯޕަރޭޝަނުން  ހުއްޓާލާފައިވަނީ މިދިޔަ އޮގްސްޓް މަހުގަ އެވެ.

ފެނަކާގެ ހިންގުމާ އެއިރު ހަވާލުވެހުރި އެމްޑީ މުއާޒު ރަޝީދު ވިދާޅުވީ އެ ކުންފުނިން އައިސް ޕްލާންޓްތައް ހަދާ ހިންގުމުން ކުންފުންޏަށްް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އެހެންކަމުން ގެއްލުންވާ ކަންކަން ނުކުރަން ކުންފުނިން ނިންމާފއިވާކަމަށް މުއާޒު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް