
މި މަސައްކަތުގެ ތެރޭގައި މަސްޖިދު އިސްކަންދަރު، މަސްޖިދު އިބްރާހިމް، މަސްޖިދު ޝަހީދު އަލީ، މަސްޖިދުލް ސުލްތާނުލްއާދިލް އަދި މަސްޖިދު އަފީފުއްދީން ހިމެނެއެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ ހަމައެކަނި ދިވެހި ކުންފުނިތަކާއި، ޕާޓްނާޝިޕްތަކާއި، ލޯކަލް އިންވެސްޓްމެންޓްތަކާއި، ވިޔަފާރި ކުރުމުގެ ހުއްދަ އޮތް މީހުންނަށެވެ.
މި މަސައްކަތާ ގުޅޭ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން މި މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަގު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހު ހުޅުވާލެވޭނެއެވެ. މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މާލޭގައި ހުރި ގިނަ ތާރީހީ މިސްކިތްތަކަކީ އެކި ދުވަސްވަރު ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުން ބިނާކުރެއްވި މިސްކިތްތަކެވެ. މި މިސްކިތްތަކުގެ ތެރެއިން ގިނަ މިސްކިތްތަކަކީ ތާރީހީ ގޮތުން މުހިންމު އަދި ފަރުމާކުރުމުގެ ގޮތުން ވެސް ހާއްސަ މިސްކިތްތަކެކެވެ.