
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މުޅިންވެސް ޒުވާނުންނެވެ. ތިން ޒުވާނަކަށް ހައްޔަރުކޮށްފައިވާއިރު އެމީހުންގެ އުމުރަކީ 18 އަހަރާއި 26 އަހަރާއި 27 އަހަރުއެވެ.
ފުލުހުން މި މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހަން ގެންދިޔަ އަމުރުގައި މީ މީހުންގެ މައްޗަށް ކޮށްފައިވަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގަން ރޭވުމާއި މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތެވެ.
ކޯތުން ވަނީ މި ތިން މީހުންގެ ބަންދަށް ކޯތުން ޖަހާދީނީ ކޮންމެ މީހަކަށްވެސް 7 ދުވަހެވެ.
މާލޭގައި ފަހަކަށް އައިސް ސިލްސިލާ މާރާމާރީތައް ވަނީ އިތުރުވެފައެވެ.
މާރާމާރީ ހިންގާ ގްރޫޕުތަކުން، ނުކުމެ އުޅެނީ ތޫނު ހަތިޔާރާއެކު ކަމަށާއި މީގެ ސަބަބުން މުޖުމަތަމުގެ ކޮންމެ މީހަކަށްވެސް ބޮޑު އަނިޔާއެއް ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ފުލުހުން ދާފީ ފަހުން ވަނީ ބުނެފައެވެ. އެ އިދާރާއިން މިހެން ބުނެފައިވަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ ބަންދު މަޖިލީހުގައި ވާހަކަ ދައްކަމުންނެވެ.