ads
20 ވަނަ ރައްޔިތުންގެ މަޖިލިސް
ރޯދަމަހު މަސައްކަތް ނުކުރަން ނިންމި ނިންމުމުން ޕީއެންސީ މުރާޖާކުރަނީ
ރޯދަމަހު މެމްބަރުން މަސައްކަތް ނުކުރަން ނިންމި ނިންމުން ބަދަލުކުރަން ވިސްނަމުންދާކަމަށް ޕީއެންސީ ޕާލިމެންޓްރީ ގްރީޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
Advertisement

މި ފެށޭ ރޯދަ މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދަން މަޖިލީހުގެ ގަވާއިދަށް މި އިސްލާހު ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ސަރުކާރު މެމްބަރު މެންބަރު އަބްދުﷲ ރިފާއުއެވެ. އޭނާ ހުށައެޅުއްވި އިސްލާހުގައި ވަނީ މި މަހު 6 ގައި ފެށި މަޖިލިީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ ނިޔަލަށް ނިންމާލައި މި ދައުރު ކުރުކޮށްލުމަށެވެ. މި މައްސަލަ ދިރާސާކުރި އާއްމު ކޮމެޓީން ފާސްކޮށްފައިވަނީ ރިފާއު ހުށައެޅުވި ގޮތަށް މަޖިލީހުގައި ގަވައިދަށް ބަދަލު ގެނައުމަށެވެ. 

މި ނިންމުމާއި އެކު ގިނަ ބަޔެއްގެ ފާޑުކިޔުންތައް ސަރުކާރާއި މަޖިލިހަށް ވަނީ އަމާޒުވެފައެވެ. 

މި ކަމާއި ގުޅިގެން ޕީއެންސީގެ ޕާލިމެންޓަރޫ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާގް ވިދާޅުވީ ރޯދަމަހު މެމްބަރުން މަސައްކަތް ނުކޮށް މަޖިލިސް ބަންދުކުރުމާއި މެދު ދެވަނަ ވިސްނުމެއް ގެންގުޅެމުން އަންނަކަމަށެވެ. ފަލާހް ވިދާޅުވީ މަޖިލިސް ރޯދަމަހު ޗުއްޓީއަށް ދާން ނިންމީ ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކަކަށްވުމުން މަސައްކަތް ކުރަން ލިބޭ ދުވަސްތައް މަދުވެފައި އެކަށީގެންވާ މަސައްކަތެއް ނުކުރެވޭނެތީކަމަށެވެ. 

ރޯދަމަހު ބަންދުކުރުމާއި މެދު ދެވަނަ ވިސްނުމެއް ގެންގުޅުނުކަމުގައިވިޔަސް އަދި އެކަމުގައި ގޮތެއް ނުނިންމާކަމަށް ފަލާހް ވިދާޅުވިއެވެ.

ރިފާއު ހުށައަޅާފައިވާ ގޮތަށް މަޖިލީހުގެ ގަވައިދަށް ބަދަލު ގެނެސްފިނަމަ މަޖިލިސް ހުޅުވުމާ ރިޔާސީ ބަޔާން އިއްވުން ދެން ބަދަލުވެގެންދާނީ ޖެނުއަރީ މަހަށެވެ. 

ގަވައިދަށް ރިފާއު ހުށައެޅުއްވި އިސްލާހު 

  • ފުރަތަމަ ދައުރު ހިނގާނީ ޖަނަވަރީމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖަނަވަރީމަހުގެ ނިލަޔަށް
  • ދެވަނަ ދައުރު ހިނގާނީ އޭޕްރިލްމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް
  • ތިންވަނަ ދައުރު ހިނގާނީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރުމަހުގެެ ނިޔަލަށް 

ރިފާއު ވަނީ މިއަހަރުގެ މަޖިލިސް ފެބްރުއަރީ މަހު ފެށުމުން މި މަސް ނިމުމުން މި ދައުރު ނިންމާލާ ރޯދަމަހަށް މަޖިލިސް ޗުއްޓިއަށް ދިޔުމަށެވެ. 

މަޖިލީހުގެ ގަވާއިދުގައި މިހާރު އޮންނަ ގޮތުން ފުރަތަމަ ދައުރު ފެށޭނީ ފެބްރުއަރީގެ އެންމެ ފުރަތަމަ ހޯމް ނޫނީ ބުރާސްފަތީގައެވެ. އެ ދައުރު ފެބްރުއަރީ މަހުން ފެށިގެން މެއި 15 ގެ ނިޔަލަށް ކުރިޔަށް ދާނެއެވެ.  ދެވަނަ ދައުރު ޖޫން މަހުން ފެށިގެން އޮގަސްޓު މަހުގެ 15ގެ ނިޔަަލަށް ކުރިޔަށްްދާއިރު ފަހު ދައުރަކީ އޮކްޓޯބަރު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް