ads
ފެނަކައިން އަލަށް ގެނައި ޖަނެރޭޓަރު ސެޓެއް ބާލަނީ
ރޯދަމަހަށް ކަރަންޓް ރަނގަޅުކުރަން އައްޑޫއަށް 1.8 މެގަވޮޓް އާ ޖަނެރޭޓަރެއް
އައްޑޫ ކަރަންޓްް ހައްލުކުރަން 1.8 މެގަވަޓް އާ ޖަނެރޭޓަރެއް ހޯދާ އެސިޓީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަަކަމަށް ފެނަކައިން ބުނެއެވެ.
Advertisement

ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫސިޓީގެ ހިތަދޫ އާއި ގުޅިފައިވާ ރަށްތަކަކަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ތިން ޖަނަރޭޓަރު ސެޓަށް މައްސަލަ ދިމާވެ އިތުރު އެއް ޖަނަރޭޓަރު ސެޓް މަރާމާތު ނުކުރޭވޭ ވަރަށް ހަލާކުވެފައިވާކަމަށެވެ. މިކަމުގެ ސަބަބުން އެ ރަށްރަށަށް ބޭނުންވާ ވަރަށް ކަރަންޓް އުފެއްދުމުގެ ދަތިތަކެެއް ކުރިމަތިވެ އެކި ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަން ޖެހިފައިވާކަމަށެވެ. 

މިކަމަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން ސްޓެލްކޯއާއި އެކު ވެވުނު އެއްބަސްވުމުގެ ދަށުން 1.8 މެގްވަޓްް ގެ އާ ޖަނެރޭޓަރު ސެޓެއް ހޯދާ އައްޑޫ ސިޓީއަށް ފޮނުވުމަށް މިހާރު ވަނީ ލޭންޑިން ކްރާޕްޓަށް ބަރުކޮށްފައިކަމަށް ފެނަކައިން ބުނެއެވެ. 

މީގެއިތުރުން ހަލާކުވި ޖެނެރޭޓަރުގެ ތެރެއިން އެއް ޖަނެރޭޓަރު މަރާމާތުކޮށް މިހާރު ހިންގާފައިވާކަމަށާއި އަނެއް ޖަނެރޭޓަރު މަރާމާތުކޮށް މި ހަފްތާގެ ނިޔަލަށް ނިމޭނެކަމަށްވެސް ފެނަކައިން ނެރުނު ބަޔާނެއްގައިވެއެވެ. އަދި ދެން ހުރި ޖަނެރޭޓަރަށް ބޭނުންވާ ސްޕެއާ ރާއްޖެއިން ބޭރުން ގެނެސް އެ ޖަނެރޭޓަރު މަރާމާތުކޮށް ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި ނިންމާ ހިންގަން ފަށާނެކަމަށްވެސް ފެނަކައިން ބުނެއެވެ. 

" ރަމަޝާން މަހަކީ ހާއްސަ ގޮތެއްގައި ކޮންމެ އަހަރަކުވެސް ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވާ މަހެއްކަމަށްވާތީ އާއި އައްޑޫ ސިޓީގައި ތަރައްގީގެ އެކިއެކި މަޝްރޫއުތައް ކުރިޔަސްދާއިރު ދުވަހުން ދުވަހަށް ކަރަންޓްގެ ޑިމާންޑް މަތިވަމުންދާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މި ކުންފުނިން މި ދަނީ މަސައްކަތް ކުރަމުން." ފެނަކައިން ނެރުނު ބަޔާނުގައިވެއެވެ.

ފެނަކައިން ބުނީ އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތް އެ ކުންފުނިން ފަށާ ދޮޅު އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް